ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޤުރުއާން މުބާރާތް މިއަދު 1:30 ގައި، ފެށޭނެ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ޕްރިންސިޕަލް އިސްމާޢީލް ސައުދުﷲ ވިދާޅުވެއްޖެއެވެ. މި މުބާރާތް ކުރިޔަށްދާނީ، ގޫގުލް މީޓު ބޭނުން ކޮށްގެންނެވެ.
ދަރިވަރުން އެކުދިންގެ ގޭގައި ތިބެގެން، އަދި ފަނޑިޔާރުން އެ ފަނޑިޔާރުންގެ ގޭގައި ތިއްބައިވައިގެން، ކުދިންގެ ކިޔެވުމަށް އިންސާފު ކުރައްވާ މި މުބާރާތްތަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއީ، ސްކޫލުގެ އެކްޓިވިޓީ ކަލަންޑަރގައި ހިމެނިގެން ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދާ މުބާރާތެއް ކަމަށާއި، ކޮވިޑު ނަވާރައިގެ މިހާލަތުގައި ގޭގައި ތިބެން ޖެހުނު ނަމަވެސް، މި މުބާރާތް ކުރިޔަށް ގެންދެވުމަށް ނިންމެވީ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
މި މުބާރާތުގައި 33 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މި މުބާރާތަކީ ބަލައިގެން ކިޔެވުމުގެ މުބާރާތެކެވެ. ހަމައެކަނި ބަލައިގެން ކިޔަވާ މުބާރާތެއްގެ ގޮތުގައި މި މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމެވީ، މި މުބާރާތަކީ، އޮންލައިންކޮށް ގެންދެވޭ މުބާރާތަކަށް ވާތީ، ހިތުން ކިޔެވުން ކުރިޔަށް ގެންދާނަމަ ފަނޑިޔާރުކަން ކުރުމަށް ދަތިވާނެތީ ކަމަށް ޕްރިސިޕަލް މަޢުލޫމާތު ދެއްވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ދާ މި މުބާރާތް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފޭސްބުކު ޕޭޖުން ލައިވް ކުރާނެއެވެ. މުބާރާތް ނިމުމުން ނަތީޖާ ފާޅުކޮށް އެއްވަނަ، ދެވަނަ، ތިންވަނައިގެ އިތުރުން އެންމެ މޮޅު 10 ދަރިވަރުން ހޮވައި އިނާމު ދެވޭނެ ކަމަށް ޕްރިންސިޕަލް ސައުދުﷲ ވިދާޅުވިއެވެ.
/facebook.com/gnaec.edu
advertisment
advertisment
advertisment