"ޖީ ސޫޓް" އަދި ޓެލިކިލާސްތަކުގެ އެހީގައި ކިޔަވައި ދެއްވުމަށް ގައިޑު ލައިނެއް އެކުލަވައި ލައްވައިފި

"ޖީ ސޫޓް" އަދި ޓެލިކިލާސްތަކުގެ އެހީގައި ކިޔަވައި ދެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގައިޑުލައިނެއް އެކުލަވައި ލައްވައިފިއެވެ.  އެ މިނިސްޓްރީން ރޭ  ސްކޫލުތަކަށް ފޮނުއްވި ސަރކިއުލާރ ސިޓީގައި ވަނީ، ކޮވިޑު ނަވާރައިގެ މިހާލަތުގައި، ދިގުމުއްދަތަކަށް ދަރިވަރުން ކިޔެވުމާ ދުރުގައި އުޅުމަކީ، އެކަމުގެ ނޭދެވޭ އަސަރުތައް އެތައް ގޮތަކުން ކުރާނެ ކަމެއްކަމަށް ވީ ހިނދު، ފުރަބަންދުގެ މިހާލަތުގައި ވެސް، ދަރިވަރުންނަށް އުނގަންނައި ދިނުމުގެ މިންވަރެއް ކުރިއަށް ގެންދިއުމަކީ ނުހަނު ބޭނުން ކަމަކަށް ވާތީ، މިހާލަތުގައި ކިޔަވައި ދިނުމުގެ ކަންކަން ގައިޑުލައިނާ އެއްގޮތަށް އިންތިޒާކު ކޮށްގެން ކުރިޔަށް ގެންދެވުމަށެވެ. ކޮވިޑު ނަވާރަ އާ ގުޅިގެން ސްކޫލުތައް ބަންދުވެފައި ވީ ނަމަވެސް، ދަރިވަރުންނަށް ކިޔަވައި ދީ، އުނގަންނައި ދިނުމުގެ މަސައްކަތްތަކެއް ކުރެވެމުން ދިޔައެވެ. މިގޮތުން ޓީވީ ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާސްތައް ކުރިޔަށް ގެންދެވުމާއި ގޫގުލް ކްލާސްރޫމުފަދަ މަންސްތަކުގެ އެހީގައި އޮންލައިންކޮށް ފިލާވަޅުތައް ކުރިޔަށް ގެންދެވިފައިވެއެވެ. ނަމަވެސް، މާލެއިން ކޮވިޑު ނަވާރަ ޖެހިފައިވާ ދިވެއްސަކު ފެނި، ގައުމީ ފުރަބަންދަކަށް ދިޔަ ހިސާބުން ޓެލިކިލާސްތަކުގެ ކިޔަވައި ދިނުން ހުއްޓި، ކިޔަވައި ދިނުމުގެ ޙަރަކާތައް މަދުކުރެވިފައި ވާ ކަމަށް ސަރކިއުލަރ ސިޓީގައި ބަޔާން ކުރައްވައިފައިވެއެވެ.

"ޖީ ސޫޓް" އަދި ޓެލިކިލާސްތަކުގެ އެހީގައި ކިޔަވައި ދެއްވުގެ އުސޫލުގައި، ރަމަޟާންމަހާއި، ރަމަޟާން މަސް ނިމުމުން، ޓެލިކިލާސްތަކާއި ގޫގުލް ކިލާސްތައް ކުރިޔަށް ގެންދަވާނެ ގޮތް، ބަޔާން ކުރައްވައިފައިވެއެވެ. އުސޫލުގައި ވާގޮތުން، ފައުންޑޭޝަނާއި ކީ ސްޓޭޖް 1 ގެ ކުދިންނަށް، ގޫގުލް ކިލާސްރޫމު ކުރިޔަކަށް ނުގެންދަވާނެއެވެ. ފައުންޑޭޝަނުން ފެށިގެން މަތީގެ ހުރިހައި ގްރޭޑް ތަކަކަށް ޓެލިކިލާސް ކުރިޔަށް ގެންދެވި ނަމަވެސް ގޫގުލް ކިލާސްރޫމް ކުރިޔަށް ގެންދަވާނީ، ކީ ސްޓޭޖް 2 ން ފެށިގެން މަތީގެ ގްރޭޑްތަކަށެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!