ޓެލިކިލާސްތަކުގެ ކިޔެވުން އަންނަ ހަފުތާގައި ފަށަނީ

ކޮވިޑު ނަވާރައިގެ ސަބަބުން މުއްދަތެއް ނެތި މެދުކަނޑައިލެވިފައިވާ، ޓެލިކިލާސްތަކުގެ ކިޔެވުން އަންނަ ހަފުތާގައި ފެށޭނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަ ކުރައްވައިފިއެވެ.

އެ  މިނިސްޓްރީގެ އޮފިސަލަކު ވިދާޅުވީ، ޓެލިކިލާސްތައް ފެށޭނީ، އަންނަ ހަފުތާގެ ހޯމަ ދުވަހު ކަމަށާއި، މިފަހަރުގެ ޓެލިކިލާސްތަކުގައި ފައިންޑޭޝަނުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައި ދެވޭނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިސަލް ވިދާޅުވީ، މިފަހަރުގެ ޓެލިކިލާސްތައް ކުރިޔަށް ގެންދަވާނީ ހަމައެކަނި ޕަބްލިކް ސާރވިސް މީޑިއާގެ ޗެނަލްތަކުން ކަމަށެވެ. ކުރީ ފަހަރާ ޚިލާފަށް މިފަހަރު ޓެލިކިލާސްތައް ނަގައި ދިނުމުގައި ރާއްޖޭގެ އެކި ހިސާބުތަކުން ޓީޗަރުން ބައިވެރިވެ ލައްވާނެއެވެ.

ކޮވިޑު ނަވާރަ، ފުރަ މާލެއިން ފެނި ޓެލިކިލާސްތަކުގެ ކިޔެވުން، މެދުކަނޑައި ލެވުނު ނަމަވެސް، ގޫގުލް ކްލާސްރޫމާއި، ގޫގުލް މީޓްފަދަ އޮންލައިން ވަސީލަތްތަކުގެ އެހީގައި ކިޔަވައި ދެއްވުމުގެ މަސައްކަތް ސްކޫލްތަކުން ކުރިޔަށް ގެންދަވައިފައިވެއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު