ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ ކުރައްވައިގެން މޯލްޑްވިސް ޕޮލިޓެކްނިކުން ހިންގަވާ ފަސް ކޯހަކަށް ކުރިމަތި ލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލައްވައިފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިޔަށް ގެންދެވުމަށް ހުޅުވައިލެއްވި ފަސް ކޯހަކީ، ސެޓްފިކެޓް 3 އިން ރޫމް އެޓެންޑެންޓް ކޯހާއި، ސެޓްފިކެޓް 3 އިން ޕޭސްޓްރީ އެންޑް ބޭކަރީ ކޯހާއި، ސެޓްފިކެޓް 3 އިން ފްރޮންޓް އޮފީސް ކޯހާއި، ސެޓްފިކެޓް 3 އިން ފުޑް އެންޑް ބެވަރޭޖް ކޯހާއި، ސެޓްފިކެޓް 3 އިން ފްޑް ޕްރެޕަރޭޝަން ކޯހެވެ. މި ކޯސްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިޔަށް ގެންދަވާނީ، ދޮޅުމަސް ދުވަހުއެވެ. އަނެއް 4 މަސްދުވަހުގެ އިންޓަރންޝިޕްގެ ޕްރޮގްރާމް ކުރިޔަށް ދާނީ، ރިސޯޓްތައް ހުޅުވުމުން ރިސޯޓްތަކުގައި ކަމަށް ޕޮލިޓެކްނިކުން މަޢުލޫމާތު ދެއްވައެވެ. ކޯސްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވައިލައްވައިފައި ވަނީ، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަދަރުސާ އަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާސިރު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަ ކުރައްވައިގެން މި ކޯސްތައް ފެއްޓެވުމުގެ ބޭނުމަކީ، ކޮވިޑަށްފަހު ޓޫރިޒަމް އިންޑަސްޓްރީ ހުޅުވިގެން އަންނައިރު، ގިނަ ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދެއްވުން ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރައްވަނީ ބޭރުމީހުން ނުގެނެސް ވީހާވެސް ގިނަ ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދެއްވަން. އެކަން ކުރެވޭނީ، އެ ދާއިރާތަކުން މީހުން ތަމްރީން ވެގެން. އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކޮށް، ދިވެހީންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވޭތޯ: އަޙްމަދު ނާސިރު
ނާޞިރު ވިދާޅުވީ މިވަގުތު ކޮލެޖްތަކަށް ދަރިވަރުން ގެނެސްގެން މަސައްކަތް ކުރުމަކީ ދަތިކަމެއް ކަމަށެވެ. އެހެންކަމުން މި ކޯސްތަކުގެ ތިއަރީ ކޮމްޕޯނަންޓްތައް ދަރިވަރުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ. އަދި ޕްރެކްޓިކަލް ބައި ފުރިހަމަ ކުރަނީ ރިސޯޓްތައް ހުޅުވުމުން ރިސޯޓްތަކުގައި ކަމަށާއި، ކުދީންގެ އިންޓަރންޝިޕް ނިމޭއިރު، ވަޒީފާގެ ފުރުޞަތު ވެސް ގާތްގަޑަކަށް ކަށަވަރު ކުރެވޭނެ ކަމަށެވެ. "އުންމީދަކީ މި ކޯސްތައް ފުރިހަމަ ކުރާ ހުރިހައި ދަރިވަރުންނަށް ވެސް، ވަޒީފާ ހަމަޖެހިގެން ދިއުން" ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާސިރު ވިދާޅުވިއެވެ.
advertisment
advertisment
advertisment
2 Responses
Who to apply this coui
Mulhi habaru ehkoh kiyaa nimun iru ves meege ehme muhimmu baeh nei Apply kuraane gotheh