ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރެވިފައި ވީ ނަމަވެސް، ޖުލައި1 ގައި ސްކޫލް ތައް ހުޅުވާނެ ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށް ދަނީ ސްކޫލް ހުޅުވުމުގެ ކުރީން ކުރާންޖެހޭ މަސައްކަތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޚާއްޞަ ޙާލަތްތަކުގައި ތިބި މުވައްޒަފުންނާ ދަރިވަރުންގެ މަޢުލޫމާތު އެއްކުރެވުމުގެ މަސައްކަތް ކުރެވެމުން އެބަދާކަމަށާއި، ސްކޫލް ޑިސްއިންފެކްޓްކުރުމާއި، ސެނެޓައިޒް ކުރުމުގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށާއި މުވައްޒަފުންނަށް އެކަމުގެ ޓްރޭނިންގ ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާލުވިއެވެ.
ނަފްސާނީ އަސަރު ކޮށްފައިވާ ކުދިންނަށް އެހީތެރިވުމަށް އެތައް ސަތޭކަ މުދައްރިސުންނަށް ތަމްރީނު ދެވެމުން އެބަދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑު-19 ގެ މިހާލަތުގައި އަމަލު ކުރާނެ ގޮތުގެ ގައިޑުލައިންތައް ހެދިފައިވާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސްކޫލްތަކުގައި އެޅިފައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އާ، އާންމު ޙާލަތުގައި ސްކޫލްތައް ފަށާއިރު ރާއްޖެ ބަހައިލެވިފައިވަނީ 3 ކެޓެގަރީއަކަށް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ މޫސާ އާދަމް ވިދާޅުވިއެވެ. މިގޮތުން ކެޓެގަރީ 1ގައި ހިމެނެނީ، ލޮކްޑައުން ކުރާ ތަންތަނެވެ. ކެޓެގަރީ 2 ގައި ހިމެނެނީ، އައިސޮލޭޓްކުރާ ތަންތަނެވެ. ކެޓެގަރީ 3 ގައި ހިމެނެނީ، ކޮވިޑް-19 ގެ އެއްވެސް ބިރުވެރިކަމެއް ނެތް ތަންތަނެވެ.
ކޮވިޑް-19ގެ ބިރުވެރިކަން ނެތް ތަންތަނުގައި (ކެޓެގަރީ3) އާ، އާންމު ޙާލަތުގައި ގްރޭޑް 1ން 12 ކިޔަވައި ދެވޭނެއެވެ. އައިސޮލޭޓް ކުރެވިފައިވާ (ކެޓެގަރީ 2) ތަންތަނުގައި އާ، އާންމު ޙާލަތުގައި ކިޔަވައިދޭން ފަށާނީ، ގްރޭޑް 9ން 12 އަށެވެ. ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ކުރެވިފައިވާ ތަނެއްގައި، އާ، އާންމު ޙާލަތުގައި ކިޔަވައިދޭން ނުފަށާނެ މިނިސްޓަރ ވިދާޅުވިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރގައި ކުރިޔަށް ދާ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ މޫސާ އާދަމް ވިދާޅުވީ، ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ސްކޫލްތައް ބައްސަވައިފައި ވަނީ ތިން ޓައިޕަކަށް ކަމަށެވެ. މިގޮތުން ޓައިޕް އެކެއްގައި ހިމެނޭ ސްކޫލްތަކަކީ، މިހާރު ވެސް އެއް ދަންފަޅިއަށް ހިނގަމުން ދާ ސްކޫލްތަކުގެ ތެރެއިން، ކޮވިޑާ ގުޅިގެން ކްލާސްތަކަށް ބަދަލު ގެނައި ނަމަވެސް، އެއް ދަންފަޅިއަށް ހިންގޭ ސްކޫލްތަކެވެ. ޓައިޕް 2 ގައި ހިމެނެނީ، މިހާރުވެސް އެއްދަންފަޅިއަށް ހިންގަމުންދާ، އެކަމަކު ކޮވިޑާ ގުޅިގެން ކްލާސްތަކަށް ގެނެވޭ ބަދަލުގެ ސަބަބުން އެއް ދަންފަޅިއަށް ނުހިންގޭ، ދެ ދަންފަޅިއަށް ހިންގާންޖެހޭ ސްކޫލްތަކެވެ. ޓައިޕް 3 ގައި ހިމެނޭ ސްކޫލްތަކަކީ، މިހާރުވެސް، ދެ ދަންފަޅިއަށް ހިންގާ ސްކޫލްތަކުގެ ތެރެއިން ދެ ދަންފަޅި ބޭނުން ކޮށްގެން ވެސް، ކިޔަވައި ނުދެވޭ، ކުދިންގެ އާބާދީ ގިނަ ސްކޫލް ތަކެވެ. މިފަދަ ސްކޫލްތަކުގައި ދަރިވަރުން ކިޔަވަމުން ދާނީ، ދެ ދުވަސް ބޭނުން ކޮށްގެން އެއް ދުވަހުގެ ކިޔެވުމެވެ. މާނައަކީ، ދަރިވަރުން ސްކޫލަށް ޙާޟިރުވާނީ ދެދުވަހުން އެއް ދުވަހުއެވެ.
advertisment
advertisment
advertisment