ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުވެފައި އޮތުމަށްފަހު، އަލުން ހުޅުވޭ ދުވަސްކޮޅަކީ، ހީވެސް ނުކުރާ ކަހަލަ ގޮންޖެހުން ތަކެއް ކުރިމަތިވާނެ ދުވަސްކޮޅެއް ކަމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޠާހާ ސަލީމް ވިދާޅުވެއްޖެއެވެ.
ޠާހާ ސަލީމަކީ، ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި، ވަރަށް މަޤުބޫލު ޕްރިންސިޕަލެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޓީވީއެމް ގުޅިގެން ގެނެސްދޭ، ދިލާސާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޠާޙާ ސަލީމް ވިދާޅުވީ، ސްކޫލުތައް ހުޅުވޭ ފުރަތަމަ ދުވަސްކޮޅު މިހާރު ވެސް، ފެންނަހެން ހީވާ ކަމަށެވެ. ސްކޫލް ތެރޭގައި ކުރާންޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރި ކަމުގައި ވިޔަސް، ސްކޫލްތައް ފެށޭ ދުވަސްކޮޅު، ވަރަށް ބުރަ ބޮޑު މަސަކަތެއް ޓީޗަރުންނަށް ކުރައްވަން ޖެހިވަޑައި ގަންނަވާނެކަން ޠާހާ ފާހަަގަ ކުރެއްވިއެވެ.
އަޅުގަނޑަށް ފެންނަ ކަހަލަ. ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ފުރަތަމަ ސްކޫލަށް ދާ ދުވަސްކޮޅު. މިއޮތް ހުރިހާ ދުވަސްތަކެއްގައި ކުދީން އުޅެފައި މިވަނީ، ވަރަށް ގާތްކޮށް، ވަރަށް ރަޙްމަތްތެރިކޮށް. ކޮވިޑް-19ގެ ސަބަބުން ގޭގައި މިހެން ދެ މަސް، ތިން މަސް، ވަންދެން ތިބެފައި ނުކުތީމަ އެ އިޙްސާސްތައް މާ ބޮޑަށް ކުދީންގެ ހުންނާނެ. ރައްޓެހި ކުދީންނާ ވާހަކަ ދައްކާން ބޭނުން ވުމާ، ގާތަށް ދިއުން. ޚާއްޞަކޮށް ކުޑަކުދީން: ޠާހާ ސަލީމް

ދިލާސާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޠާހާ އިތުރު އެހެން ކަމެއްވެސް ފާހަގަ ކުރެއްވިއެވެ. އެއީ، ކޮވިޑް-19ގެ ސަބަބުން ދަރިވަރުން ގޭގައި މިތިބި ދުވަސްވަރު އެކުދީންލައްވައި ބެލެނިވެރީން ކަންކަން ކުރުވައިފައި ހުރި މިންވަރު، ސްކޫލް ހުޅުވުމުން ސްކޫލުތެރެއިން ފެނިގެން ދިއުމެވެ. މީގެ ތަފްޞީލު ދެއްވަމުން ޠާހާ ވިދާޅުވީ، ގޭގޭގައި އަތްދޮވުމާއި، މާސްކު އެޅުމާއި މިކަހަލަ ވަރަށްގިނަ ކަންކަން ކުރާކަމަށެވެ. ބެލެނިވެރީންގެ ގާތުގައި ދަރިވަރުން ހޭދަ މިކުރި ދުވަސްތަކުގައި ގޭތެރެއިން މި ދަސްކުރި ކަންތައްތަކުގެ ހެޔޮ ނަތީޖާ ސްކޫލްތެރެއިން ފެނުމުގެ ފުރުޞަތު ބޮޑުކަން ޠާހާ ފާހަގަ ކުރެއްވިއެވެ.
advertisment
advertisment
advertisment