އާ، އާންމު ޙާލަތުގައި މާދަމާ ސްކޫލުތައް ހުޅުވޭއިރު، ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާ ސާމާނު 3 މަހަށް ވާވަރަށް ސްކޫލުތަކަށް މިހާރު ފޮނުވިފައި ވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިއްޔެ މާލޭ ސްކޫލް ތަކަށް ޒިޔާރަތް ކުރެއްވި ކަމަށެވެ. އަދި ރޭ ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލު ކުރެއްވި ކަމަށެވެ. ހުރިހައި ސްކޫލްތަކެއްވެސް، ވަރަށް ބޮޑަށް ތައްޔާރުވެފައި ވާކަން މިނިސްޓަރ ފާހަގަ ކުރެއްވީ ވަރަށް އުފަލާ އެކުގައެވެ.
މާދަމާ ސްކޫލްތައް ހުޅުވޭއިރު އެންމެ އިސްކަމެއް ދެއްވަނީ، ދަރިވަރުންނާ މުވައްޒަފުންގެ ރައްކާތެރި ކަމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އާ އާންމު ޙާލަތުގައި މާދަމާ ސްކޫލު ތަކުގެ ކިޔެވުން ފެށޭއިރު، ދަރިވަރުންގެ ރައްކާތެރި ކަމަށްޓަކައި ކުރާންޖެހޭ ހުރިހައި ކަމެއް ސްކޫލުތަކުން މިހާރު ކުރައްވައިފައި ވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިގޮތުން، ކޮންމެ ސްކޫލެއްގައި ވެސް ދަރިވަރުންނަށް އަތް ދޮވެވޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށާއި، ގައިދުރު ކަމަށް އިސްކަން ދިނުމުގެ އިތުރުން، ދަރިވަރުން ސްކޫލަށް ވަންނައިރު ގޭޓު ކައިރިން އެކުދީންނާއި މުވައްޒަފުންގެ ޓެމްޕަރޭޗަރ ބެލޭނެ ކަމަށް މިނިސްޓަރ ވިދާޅުއެވެ. އަދި ހުން ހުރި ދަރިވަރެއް ނަމަ، ދެން ޢަމަލު ކުރާނެ ގޮތްތައް ވެސް ލިޔެވި، ސްކޫލުތަކުން އެ މަޢުލޫމާތު މިހާރު ބެލެނިވެރީންނަށް ފޯރުކޮށް ދެއްވައިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
advertisment
advertisment
advertisment
ހިޔާލު
މިފަދަ ލިޔުންތައް ލިޔާއިރު ތަންތަނުންވެސް މަޢުލޫމާތު ހޯދައި، ދެފަރާތުގެ ޞައްޙަ މަޢުލޫމާތު ގެނެސްދިނުމަކީ ވަރަށް މުހިންމު ކުމެއް.