ކޮވިޑް-19ގެ ނުރއްކާތެރި ޙާލަތުގައި ކިޔަވައި ދިނުން މެދުނުކެނޑި ކުރިޔަށް ގެންދެވުނީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ހިތްވަރުން ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ފާހަގަ ކުރައްވައިފިއެވެ.
މަދަރުސާ އޮންލައިނުން ގެނެސްދިން މަދަރުސާ ސައްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ފުރަ ބަންދަކަށް ކުއްލިއަކަށް ދާންޖެހުނީ، މިހެންވެދާނެ ކަމަށް ތައްޔާރު ނުވެ ތިއްބާ ކަމަށެވެ. މިއީ، ހަމައެކަނި ރާއްޖެއަށް ކުރާން ޖެހުނު ތަޖުރިބާއެއް ނޫން ކަމަށާއި ވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ވެސް، މި ތަޖުރިބާ ކޮށްފައިވާ ކަމަށެވެ.
މިޑް ޓާރމް ޗުއްޓީއަށް ފަހު، ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފެށުނު ހިސާބުން އޮންލައިންކޮށް ކިޔަވައި ދެމުން ގެންދެވުނެވެ. އިންޓަރނެޓުގެ ސްޕީޑު ރަނގަޅަށް ނުލިބުމާއި ބައެއް ދަރިވަރުންނަށް އިންޓަރނެޓުގެ ޚިދުމަތް ލިބޭން ނެތުމުން ޓެލިކިލާސްތައް ކުރިޔަށް ގެންދެވުނެވެ. އެހެން ނަމަވެސް، މާރިޗު މަހުގެ ތެރޭގައި މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ގައުމު ފުރަބަންދު ކުރެވުނެވެ. މިހެންވުމުން ޓެލިކިލާސްތައް މެދުކަނޑައިލަން ޖެހުނެވެ. އަދި އޮންލައިން ވަސީލަތްތަކުގެ އެހީގައި ކިޔަވައިދިނުން ކުރިޔަށް ގެންދެވުނެވެ.

ކުއްލިއަކަށް މިގެނެވުނު ބަދަލާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އިތުރަށް ވިދާޅުވީ މި ޙާލަތުގައި ވެސް، މި ހުރިހައި ގޮންޖެހުންތަކަކާ އެކުވެސް، ކިޔަވައި ދިނުން މެދުކަނޑައި ނުލައި ކުރިޔަށް ގެންދެވުނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންގެ ހިތްވަރުން ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވަނީ، ޓީޗަރުންނާއި ޕްރިންސިޕަލުން ކޮށްދެއްވި އިޚްލާސްތެރި ބުރަ މަސައްކަތް ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވައިފައެވެ.
advertisment
advertisment
advertisment
3 Responses
މިހެންވުމުން ޓެލިކިލާސްތައް މެދުކަނޑައިލަން ޖެހުނެވެ
.Hama hairaan vejje eve
Nuvi thaakah mihaaru ves kiyavaidhenee ey kiyaafa google meet ga nagaa claas claahuga 80 ah vure gina kudhin thibe eve. Saabahey ministeru
ހުރަވީ ސުކޫލިގައި ކިޔަވައި ނުދޭ.. އެޑިއުކޭޝަންގެ ގައިޑު ލައިނާ ސާކިއުލާއާއި އެއްގޮތަށޭ ކުރިޔަށްގެންދަނީ ވިދާޅުވީ. ޓެލެކްލާސް އަކީީ ކުދިންނަށް މާބޮޑު ފައިދާއެއް ވާކަމެއް ނޫން.
މެދުނުކެނޑި؟ 😂
ދޮގުހަބަރު ނުފަތުރާ. މީކަނޑައެޅިގެން ދޮގެއް