ސޯޝަލް މީޑިއާގައި ޓީޗަރުނަށް ކުރަމުންދާ ހަނގާ ކުރުމާއި ފުރައްސާރަ ޓޭމުން ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފި

ސޯޝަލް މީޑިއާގައި މުދައްރިސުންނަށް ކުރަމުންދާ ފުރައްސާރައާއި ހަނގާ ކުރުން ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މިއަދު ކުރި ޓްއީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19ގެ މި ޙާލަތުގައި ދަރިވަރުންގެ ކުރިއެރުމާއި ކާމިޔާބަށް މުދައްރިސުން ބޮޑެތި ގުރުބާންތަކެއް ވަމުންދާ މި ހައްސާސީ ދަނޑިވަޅުގައި، ސޯޝަލް މީޑިއާގައި މުދައްރިސުންނަށް ކުރަމުން ދާ ފުރައްސާރައަކީ ފަހަރެއްގައި ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 ގެ މި ޙާލަތުގައި ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަ ނުދީ ކިޔެވުން ކުރިޔަށް ގެންދެވޭތޯ ޓީޗަރުންދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަމިއްލަ ޖީބުން ޚަރަދުތައް ކުރާން ޖެހުނު ނަމަވެސް އެކަމުގައި އެއްވެސް ޝަކުވާއެއްނެތި ލޮލުން ބޮލުން ޤުރުބާން ވަމުން ދަނިކޮށް ބަޔަކުވަނީ ސޯޝަލް މިޑިއާގައި، ޓެލިކިލާސްތައް ނަގައިދޭ ގޮތަށް ޖޯކު ޖަހައި ޓީޗަރުންނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ވީޑިއޯއެއް އާންމު ކޮށްފައެވެ.

މި ދަށުދަރަޖައިގެ ޢަމަލު ޓޭމުން ކުށްވެރިކޮށް ކުރި ޓުއިޓަރ ގުޅިގެން އެކަކު ބުނެފައިވަނީ، ޓީޗަރުންނަށް ވެސް، އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ފުރުޞަތު ދެވެން އެބަ ޖެހޭނެ ކަމަށެވެ. އެހެން މީހަކު ބުނެފައިވަނީ، ޓީޗަރުން ކޮށްދެއްވާ މަސައްކަތްތައް އެންމެ ރަނގަޅަށް އެނގިލައްވާނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ކަމަށާއި، ޓީޗަރުންގެ ޙައްޤުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނެންގެވުން މުހިންމު ކަމަށެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!