މަދަރުސާ އޮންލައިނުން ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މަދަރުސާ އޮންލައިނުގެ ފަރާތުން ކުރިޔަށް ގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާ އިއްޔެ ފާޅު ކޮށްފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙަންމަދު އިޙުސާނެވެ. ނަތީޖާ ފާޅު ކުރުމުގެ ޙަރަކާތް ކުރިޔަށް ދިޔައީ އޮންލައިންކޮށެވެ.

މި މުބާރާތުގައި ތިން ފަންތިއެއްގެ ކުދީން ބައިވެރިވެފައިވެއެވެ. އެއީ ފައުންޑޭޝަން ލެވެލްގެ ދަރިވަރުންނާއި، ކީ ސްޓޭޖް އެކެއް އަދި ދޭ ގެ ދަރިވަރުންނެވެ. ތިރީގައި މިގެނެސްދެނީ މުބާރާތުގެ ނަތީޖާތަކެވެ.

 

ފައުންޑޭޝަން ލެވެލް

1 ވަނަ : ޔަލްވީ ބިންތު ޝަކީބް

2 ވަނަ : ރުއްޔާ ޢަލީ ރަމީޒް

3 ވަނަ :  މަރްޔަމް ޒަރަޙް ފަޒީލް

 

ކީ ސްޓޭޖް – 1

1 ވަނަ:   ފާޠިމަތު އަމްނާ ބިންތި މުޙައްމަދު ޝަރީފް

2 ވަނަ :  އާމިނަތު އުލާ އިބްރާހީމް ރަޝީދު

3 ވަނަ:  މުޙައްމަދު މީރާން މުޝައްރަފް ރާޝިދު

 

ކީ ސްޓޭޖް – 2

1 ވަނަ :  ޢާއިޝަތު ޝިފްނާ އިބްރާހީމް ރަޝީދު

2 ވަނަ :  ޒަލަފް އިބްރާހީމް ޒަކީ

3 ވަނަ :  ޚަދީޖާ ޝާހީ ޝަރީފް

މި މުބާރާތުގެ ބައިވެރީންނާ މުޙާޠަބު ކުރައްވާ ޝަރަފުވެރި މެހުމާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙުސާން ވިދާޅުވީ، ކޮވިޑް-19 ގެ މި ޙާލަތުގައި ދަރިވަރުން ގޭގައި ތިބޭން ޖެހިފައިވާ ދުވަސްވަރެއްގައި މިފަދަ ޙަރަކާތެއް އެކުދީންނަށް އަމާޒު ކޮށްގެން ކުރިޔަށް ގެންދެވުނުކަމީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. މިފަދަ ގިނަ ހަރަކާތްތަކެއް ކުރިޔަށް ދިއުމަކީ ދަރިވަރުންގެ ހުނަރު ދައްކައިލުމަށް ލިބޭ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ކޮވިޑް-19ގެ މި ކާރިސާ އާ ކުރިމަތިލާންޖެހުނީ އެއްވެސް ބަޔަކު މިކަމަށް ތައްޔާރު ނުވާ ޙާލަތުގައި ކަމަށާއި އެހެންކަމުން  މި ލިބިގެންދިޔަ ބޮޑު ގެއްލުމުން އަރައި ގަތުމަށްޓަކައި މުޅި މުޖްތަމަޢު އެކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާން އެބަ ޖެހޭ ކަމަށެވެ.

މަދަރުސާ އޮންލައިންގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤުޞަދަކީ، ކޮވިޑް-19ގެ މި ޙާލަތުގައި ދަރިވަރުން ކިޔެވުމުގެ ކަންކަމުގައި ޝާމިލު ކުރުވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތައް ފާހަގަ ކުރާހާލު އެކަމުގައި ބައިވެރިވުމާއި، ކޮވިޑް-19ގެ މި ހާލަތުގައި ވެސް، ދަރިވަރުންގެ ހުނަރުވެރިކަން ދައްކާލެވިދާނެކަން އެކުދީންނަށް އަންގައި ދިނުމާއެކު އެފަދަ ފުރުޞަތެއް އެކުދީންނަށް ފަހިކޮށް ދިނުން ކަމަށް މަދަރުސާ އޮންލައިނުން ހާމަ ކުރެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!