ކުރިޔަށް އޮތް ދެ ހަފުތާގައި މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް

މާލޭ ސިޓީގެ ސްކޫލުތައް ކުރިޔަށް އޮތް ދެ ހަފުތާއަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އާންމު ކުރެއްވި ބަޔާނުގައިވަނީ މިގޮތަށް ނިންމެވީ، ކޮވިޑް-19ގެ މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އެޗް.ޕީ.އޭ އާއި ކަމާބެހޭ ފަރާތްތަކުގެ ލަފާގެ މަތިން، ކަމަށެވެ. އެހެންކަމުން ސެޕްޓެމްބަރ 6 ން 17 އަށް މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވައެއް ނުދޭނެއެވެ.

ކޮވިޑް-19ގެ މި ޙާލަތުގައިވެސް އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ މުހިންމު އަމާޒަކީ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދެވުން ކަމަށާއި އެހެންކަމުން އެ މުއްދަތުގައި ދަރިވަރުންނަށް ކިޔަވައި ދެމުން ގެންދަވާނީ އޮންލައިންކޮށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކުރައްވައިފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ސިޓީގެ ސްކޫލުތައް ބަންދުވީ ނަމަވެސް، އޭލެވެލް އަށް ކިޔަވައި ދަރިވަރުންގެ އިމްތިޙާނު އަންނަ މަހު ފެށޭތީ  ހަޔަރ ސެކަންޑަރީގެ ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީ ވަނީ ނިންމަވާފައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!