ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާބެހޭ ކޮމެޓީއަށް ފޮނުއްވައިފައިވާ ތަޢުލީމުގެ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޓީޗަރސް އެސޯސިއޭޝަށް ރައްޔިތުންގެ މަޖިލީހުން މިއަދު އަރުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާޠިމަތު ނިއުޝާ ސޮއިކުރައްވާ އެ އެސޯސިއޭޝަނަށް ފޮނުއްވި ސިޓީގައިވަނީ، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެ މެމްބަރުން ޓީޗަރސް އެސޯސިއޭޝަނާ ބައްދަލު ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި މި ބައްދަލުވުން މިމަހުގެ 21 ވާ ހޯމަ ދުވަހު އެކެއް ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ. އެހެންކަމުން މިބައްދަލުވުމުގައި ޓީޗަރސް އެސޯސިއޭޝަނުން ބައިވެރިވާނެ 4 ބޭފުޅެއްގެ ނަމާއި މަޤާމު އަންގައިވައި ދެއްވުމަށް އެ ސިޓީގައި ވެއެވެ.
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީން މި ބިލު ނިންމަވައި މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިރު ތަޢުލީމުގެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތު ލިބިފައި ނުވާތީ ޓީޗަރސް އެސޯސިއޭޝަނުންވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އެސޯސިއޭޝަނުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިސްލާހު ހުށަހެޅުމުގެ ފުރުޞަތަށް ތަކުރާރުކޮށް އެދިފައި ވަނިކޮށް އެފުރުޞަތު ލިބިފައި ނުވުމެވެ.
މަޖިލީހުގެ ތަޅުމަށް މިބިލު ދިޔަނަމަވެސް މެމްބަރުންވަނީ މި ބިލުގައި އަދިވެސް އިތުރަށް ދިރާސާކޮށް ފުރިހަމަ ކުރާންޖެހޭ ކަންކަން ހުރިކަން ފާހަގަ ކުރައްވައި އަބުރާ ކޮމެޓީއަށް ފޮނުވައިލައްވައިފައެވެ.
advertisment
advertisment
advertisment
ހިޔާލު
ތައުލީމީ ކަންކަމަކީ 21 ވަނަ ގަރުނުގެ ޒަމާނީ ތައުލީމަކަށް ހެދޭނީ 21 ވަނަ ގަރުނުގެ މަޖިލިސްތަކުގައި 21 ވަނަ ގަރުމުގެ ވިސްނުމުގެ ތަޢުލީމާި ޤާބިލް ބޭފުޅުންވެސް ތިބެގެންނެވެ. ޢިލްމެއް ނެތްް ބައެއްގެ މުޣައްރިހުކަމުގެދަށުގައިވާ ކޮމެޓީތަކުން މިފަދަ ބިލުތައް ފަރުމާކޮށް ރާއްޖޭގެ ތައުލީމީ ނިޒާމު ބަދަލުވަމުން މިދަނީ ދުވަހެއް ދުވަހެއް ފަހަތަށެވެ. ތައުލީމި މީހަކާ އިނދެގެން އުޅުމަކުން އަދި ތައުީމެއް ލިބުނީކީ ނޫނެވެ. އަހަންމަދުމެންނަށް ހީވަނި އެހެން ކަމަށެވެ. މިއީ ދެރަވަރު ކަންކަމެވެ. ޑިމޮކުރަސީގެ މާސްކު އަޅުއްވައިގެން ތިމާމެން ބޭނުން ބަޔަކު ގެނަސްގެން ކުރިކަމެއް ކޮށް، ކަމާ ގުޅުންކުރި މީހުންނަށް މަޝްވަރާ ކުރުމުގެ ފުރުޞަތު ނުދީ ބިލު ފޮނުވާލައިގެން ޕާޓީއަށްވެސް މިއަދު ހުތުރު. މަޖިލިހަށް ބޭނުންވަނި ޢިލްމީ ޤާބިލް މީހުން..