ޓީޗިންގ ދާއިރާގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން، މަންމައަކަށް ވުމަށްފަހު މިއީ، އުޅޭން އެކަށީގެންވާ ދާއިރާއެއް ނޫންކަން، މަދަރުސާ އޮންލައިނުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ކުރިޔަށް ގެންގޮސްފައިވަނީ މާލޭ ސަރަޙައްދުގެ 15 ސްކޫލަކުން ދިވެހި ނަސްލުގެ ޓީޗަރުން ބައިވެރިކޮށްގެންނެވެ. މިގޮތުން މި ދިރާސާގައި ބައިވެރިވި ޓީޗަރުންގެ ތެރެއިން %81.7 ޓީޗަރުން، ޓީޗިންގ ދާއިރާއަކީ މަޔަކަށް ވުމަށްފަހު އުޅޭން އެކަށީގެންވާ ދާއިރާއެއް ނޫންކަމަށް ފާހަގަ ކުރިއިރު، ސަބަބުތައް ވެސް ބަޔާން ކޮށްދީފައި ވެއެވެ. މިގޮތުން އެންމެ ގިނަ ޓީޗަރުން (%88.7) ފާހަގަ ކޮށްފައިވަނީ ސްކޫލާއި ސްކޫލުން ބޭރުގައި، ފަންނީ ބަޔަކު ލައްވައި ކުރުވައިގެން ނުވާނެ އެތައް ކަމެއް ރޭވިފައި ހުންނަ މައްސަލައެވެ. މިގޮތަށް މިކަންކަން ރޭވިފައި ހުންނާތީ ދަރީނަށް ވަގުތު ނުދެވޭ ކަމަށް 80 އިންސައްތައަށް ވުރެ ގިނަ ޓީޗަރުން ފާހަގަ ކޮށްފައިވާއިރު ފިރީންނަށް ނުވަތަ އަނބީންނަށް ވަގުތު ނުދެވޭ ކަމަށް %77.7 ޓީޗަރުން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން މައިންބަފައިންނަށް ވަގުތު ނުދެވޭ ކަމަށް ދިރާސާގެ %79.5 ޓީޗަރުން ބުނެފައިވެއެވެ. މި ހުރިހައި ކަމެއް މިހެން ހުރެމެ މިދާއިރާގައި ޓީޗަރުން އުޅެނީ "މަޖުބޫރު" ވެގެން ކަމަށާއި އެހެން ޝިނާއަތަކުން ފުރުޞަތު ލިބިއްޖެނަމަ ދާއިރާ ދޫކޮށް ދާނެކަމަށް %85.9 ޓީޗަރުން ބުނެފައިވެއެވެ.
ޓީޗަރުންނަށް ބުރަބޮޑުވެ ވަގުތު ނުލިބުމަށް މެދުވެރިވާ ސަބަބުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ދިރާސާގެ ބައިވެރީން ފާހަގަ ކޮށްފައިވެއެވެ. މިގޮތުން އެންމެ ގިނަ ޓީޗަރުން ފާހަގަ ކޮށްފައިވާ އެއް ކަމަކީ، ސްކޫލުތަކުގައި މިސްމެނޭޖްމަންޓް ބޮޑުވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ޓީޗިންގ އެންޑް ލާރނިންގެ ކަންކަމަށްވުރެ އެހެނިހެން ކަންކަމަށް ކުރާ ޕްރެޝަރ އިތުރުވުމެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ގަސްތުގައި ހުކުރު ދުވަސް ދުވަހަށް ކަންކަން ރޭވުމެވެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ރަސްމީ ގަނޑި ނިމިއްޖެ ކަމުގެ އިޙްސާސް ނުކުރެވުމެވެ.
މި ދިރާސާގައި ބައިވެރިވި ގިނަ އަދަދެއްގެ ބައިވެރީން ބުނެފައިވަނީ، މިފަދަ ކަންކަމުގެ ސަބަބުން އަމިއްލަ ޒާތީ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. މިގޮތުން ފާހަގަ ކުރި އެއްކަމަކީ އަމިއްލަ ނަންބަރު ސްކޫލުތަކުން އާންމު ކުރުމެވެ. މިކަމުގެ ސަބަބުން ވަރަށް އުނދަގޫ ވާކަމަށާއި ރޭގަނޑުގެ ކޮންމެފަދަ ވަގުތެއްގައިވެސް ކުރާ ސުވާލުތަކަށް ނުވަތަ ކުރާ ފޯނަށް ޖަވާބު ދޭން، ޕްރެޝަރ ކުރުމަކީ ސްޓްރެސް އިތުރުވާ ކަމެއްކަމަށް މި ދިރާސާގެ ގިނަ ބައިވެރިން ފާހަގަ ކޮށްފައިވެއެވެ.
ސަރުކާރުގެ ޚިދުމަތް ދޭ އެއްވެސް އޮފީހެއްގައި އަދި ކުންފުންޏެއްގައި އަމިއްލަ ނަންބަރު، ޚިދުމަތް ހޯދާ ފަރާތްތަކަށް ދޭތީއެއް ނުފެނޭ ދެއްތޯ. އެކަމަކު ރާއްޖޭގައި ޓީޗަރުންގެ އަމިއްލަ ނަންބަރުތައް މިއޮންނަނީ އާންމު ކޮށްލެވިފައި. މީ ވަރަށް ދެރަކަމެއް. ދުނިޔޭގެ ތަރައްޤީވެފައިވާ ނިޒާމުތަކުގައި ވެސް އަދި އަވައްޓެރި ޤައުމުގައިވެސް، ޓީޗަރުންގެ އަމިއްލަ ނަންބަރެއް ނުދޭ: ޕްރައިމަރީ ޓީޗަރެއް
ދިރާސާގައި ބައިވެރިވި ގިނަ ޓީޗަރުން ބުނެފައިވަނީ، ސްކޫލު ނިމިގެން ގެޔަށް އައި ނަމަވެސް، ގޭގައިވެސް ސްކޫލުގެ އެތައް މަސައްކަތެއް ކުރާންޖެހޭ ކަމަށެވެ. ފޯމުތައް ފުރުމާއި، ކޯލުތަކަށް ޖަވާބު ދިނުމާއި ބެލެނިވެރީންނަށް އެންގުންތައް އަންގާން ޖެހުންފަދަ އެތައް މަސައްކަތެއް ކުރާންޖެހޭ ކަމަށެވެ. ކަންކަން މިހެން ރޭވި ކުރާން ޖެހުމުން މަސައްކަތް ނިމޭކަމުގެ އިޙްސާސް ނުކުރެވޭ ކަމަށާއި، އަދި މިކަންކަމުން ސަލާމަތް ވެވޭނެ ގޮތެއްވެސް ނޯންނަ ކަމަށެވެ. މިހެންވުމުގެ ސަބަބުން ސްޓްރެސް އުފެދޭ ކަމަށް ވަރަށް ގިނަ ޓީޗަރުން ފާހަގަ ކޮށްފައިވެއެވެ.
ދިރާސާގެ ގިނަ ބައިވެރިން ބުނެފައިވަނީ މިގޮތަށް ސްޓްރެސް އުފެދުމުގެ ސަބަބުން އާއިލާއާއެކު ހޭދަކޮށްލާން ލިބޭ މަދު ވަގުތު ކޮޅުވެސް، އޭގެ އެކަށީގެންވާ ގޮތުގައި، ހޭދަ ނުކުރެވޭ ކަމަށެވެ. މިހެންވުމުން ޖެހިގެން އަންނަ ދުވަހު، ކިޔަވައިދޭން އަންނައިރު، ޓީޗަރަށް ލިބޭންޖެހޭ ސިކުނޑީގެ ރެސްޓު ނުލިބޭ ކަމަށް ގިނަ ޓީޗަރުން ފާހަގަ ކުރެއެވެ. މީގެ ނަތީޖާއަކަށްވަނީ، ރަނގަޅަށް ކިޔަވައި ނުދެވުމާއި ޢާއިލާއަށް ވެސް ވަގުތު ނުދެވުންކަން ދިރާސާގައި ބައިވެރިވި ގިނަ ޓީޗަރުން ފާހަގަ ކޮށްފައިވެއެވެ.
ދިރާސާގެ ގިނަބައިވެރީން ފާހަގަ ކޮށްފައިވާ ގޮތުގައި ޓީޗަރުންގެ ސްޓްރެސް އިތުރުވުމުގެ އެންމެ ބޮޑު އެއް އަސްލަކީ މިސްމެނޭޖްމަންޓެވެ. އެއްވެސް ރޭވުންތެރިކަމެއްނެތި ކުއްލި ކުއްލިއަށް ކަންކަން ކުރާންޖެހުމެވެ. ޓީޗަރުންގެ ފަންނީ މަސައްކަތްތަކަށްވުރެ އެހެނިހެން ކަންކަން ޓީޗަރުންލައްވާ ކުރުވުމެވެ. މިގޮތަށް ކަންކަން ކުރުވަނީ އެކަށީގެންވާ ވަޞީލަތްތައްނެތި، އެޕްރައިޒަލްގެ ބިރު ދައްކައިގެންކަން ގިނަ ޓީޗަރުން ފާހަގަ ކުރިއިރު، ފާހަގަ ކުރެވޭފަދަ ގިނަ އަދަދެއްގެ ޓީޗަރުން ބުނެފައިވަނީ، މިގޮތަށް ކަންކަން ކުރުވުމަކީވެސް، ސްޓްރެސް އިތުރުވާ ކަމެއް ކަމަށެވެ.
އަޅުގަނޑު 9 ކްލާހަށް ކިޔަވައި ދިނިން. ދަރިވަރުންގެ ފޮތްތައް މާރކު ކުރުމާއި، ކިޔަވައިދިނުމަށް ތައްޔާރުވުމާއި، ސްކޫލުގައި ކުރާ އެހެނިހެން ކަންކަމުގައި އުޅުމަށްފަހު، އަނބިމީހާއާއި ދަރިފުޅާއެކު ހޭދަކުރާނެ ވަގުތެއް ނުލިބޭ. ނަތީޖާއަކަށް ވީ އަނބިމީހާ އަޅުގަނޑުގެ ގާތުން ވަރިވުން: ޙުސެން (ސެންކަޑްރީ ޓީޗަރެއް)
ދިރާސާގައި ބައިވެރިވި ޕްރައިމަރީއަށް ކިޔަވައިދޭ އަންހެން ޓީޗަރަކު ބުނެފައިވަނީ، ސްކޫލުގެ މަސައްކަތައް ނިންމާފައި ގެއަށް އާދެވޭ އިރު ފިރިމީހާއާއި ތުއްތު ދަރިފުޅު، ގިނަ ރޭރޭ އޮންނަނީ ނިދާފައި ކަމަށެވެ. ފިރިމީހާއާއި ދަރިފުޅަށް ދޭންވާ ވަރަށް ވަގުތު ނުދެވުމުގެ ނަތީޖާއަކަށްވީ ޢާއިލާ ރޫޅި ދަރިފުޅާއި ޓީޗަރު އެކަނިވުން ކަމަށް އޭނާ ކިޔައި ދެއްވިއެވެ.
ދިރާސާގައި ބައިވެރިވި އެހެން އަންހެން ޓީޗަރަކު ބުނުއްވީ ދާއިރާ ދެކެ ވަރަށް ބޮޑަށް ފޫހިވެފައި ވާކަމަށެވެ. ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރުމާއި، ބޭކާރު ކަންކަން ކުރުވުން އިތުރުވުމުން ދާއިރާގައި އުޅުމުގެ ޝައުޤުވެރިކަން ނެތްކަމަށެވެ. އޭނާ ބުނީ ހުކުރެއް ހޮނިހިރެއް ދުވާލެއް ރޭގަނޑެއް ނޯންނަކަމަށެވެ. ހުކުރު ދުވަހު ޓީޗަރުން ސްކޫލަށް ނުނެރުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ސާރކިއުލަރ އަކުން އެންގެވުމުން ވެސް، އެކަމަށް ގޮންޖަހައި، އެޕްރައިޒަލްގެ ބިރު ދައްކައިގެން މަސައްކަތަށް ނެރެފައިވާ ކަމަށެވެ.
ހުކުރު ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ދެއްތޯ. އެދުވަހަށް ގަސްތުގައި ކަންކަން ރާވާނީ ކިހާ އަންޕްރޮފެޝަނަލް ވީމާތޯ! ދާއިރާ ޕްރޮފެޝަންލް ވިޔަސް އަސްލު ޕްރޮފެޝަނަލްއެއް ނޫން. އެހެންވީމާ ޙަޤީޤަތުގައި މިދާއިރާގައި މަސައްކަތް މިކުރަނީ އިތުރު ގޮތެއް އަދި ފެންނާންނެތީމަ: ޓީޗަރެއް
ޓީޗިންގ ދާއިރާގައި މަސައްކަތްތައް ރޭވިފައި ހުންނަ ގޮތާމެދު ހިތްހަމަ ނުޖެހިގެން ފެންވަރު ރަނގަޅު އެތައް ޓީޗަރުންނެއްވަނީ މިދާއިރާ ދޫކޮށް ގޮސްފައެވެ. މީގެތެރެއިން ބައެއް ފަރާތްތަކުން ބުނެފައިވަނީ ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރުމާއި އާއިލާ ޤުރުބާން ކުރާންޖެހުމާއި އެކިގޮތްގޮތަށް އަންނަ ޕްރެޝަރގެ ސަބަބުން ސްޓްރެސް އިތުރުވާ ކަމަށެވެ. މިހެންވުމުން އެއްވެސް ކަމެއް އެންމެ ރަނގަޅަށް ނުކުރެވޭ ކަމާއި، އޭގެ ހިތްހަމަ ޖެހުންވެސް ނުލިބޭ ކަމަށެވެ.
ދިވެހިރާއްޖޭގައި ނުވަދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު، މި ކުދީންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މައި އާރުކާޓީންނަކީ އަންހެން ކަނބަލުންނެވެ. ސްކޫލުތަކުގެ އެސްއެމްޓީތަކުގައި ވެސް ގިނައިން ތިއްބެވީ އަންހެން ކަނބަލުންނެވެ.
ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޢާއިލާތައް ރޫޅޭ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މިއީ، ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެކެވެ. ސުވާލަކީ ދަރިވަރުންގެ އުޅުމާއި އަޚުލާޤަށް ކުރަމުންދާ ނޭދެވޭ އަސަރާއި ޓީޗަރުންގެ ސްޓްރެސް އިތުރުވުމާއި ޢާއިލާ ރޫލުމާ ގުޅުމެއް ވެދާނެތޯއެވެ؟
ގަބޯމެޓޭއަކީ ސްޓްރެސް އާއި ދަރީންގެ އުޅުމާއި އަޚުލާޤާގުޅޭ ގޮތުން އެތައް ދިރާސާއެއްކޮށް، އެތައް ފޮތެއް ނެރެފައިވާ ހަންގޭރީއަށް އުފަން އެކަމަކު، މިހާރު ކެނެޑާގެ ރައްޔިތެކެވެ. އޭނާއަކީ މިރޮނގުން ވަރަށް ނަންމަޝްހޫރު ޑޮކްޓަރެކެވެ.
ގަބޯ މެޓޭގެ ދިރާސާއިން ހާމަވީ ގޮތުގައި، މައިންގެ ސްޓްރެސްގެ ސަބަބުން ދަރިންގެ ސްޓްރެސް އުފެދެއެވެ. މިކަމުގެ ސަބަބުން، ނޭދެވޭ އަސަރު ކުރާކަން އެ ދިރާސާއިން ފާހަގަ ވެފައިވެއެވެ. މިގޮތުން ދަރިންނަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، އެކުދީންގެ އުޅުމާއި އަޚުލާޤަށް ކުރާ އަސަރު ފާހަގަ ކޮށްލެވެއެވެ. މީގެތެރޭގައި ކުދީން ހަލަބޮލިވުމާއި، ގަބުވުމާއި، ކިޔަވަން ފޫހިވުންފަދަ އެތައް މައްސަލައެއް ދިމާވާ ކަމަށް ގަބޯ މެޓޭގެ ދިރާސާއިން ހާމަވެފައިވެއެވެ.
ނިންމުން
ތަޢުލީމީ ވުޒާރާއާއި ޖެންޑަރ މިނިސްޓްރީގެ އިސް މަޤާމުތައް މިހާތަނަށް ގިނައިން ފުރުއްވައިފައިވަނީ ވެސް އަންހެން ކަނބަލުންނެވެ. ކަންމިހެން އޮތް ނަމަވެސް މިއަދާ ހަމައަށް ވެސް، ޓީޗިންގ ދާއިރާގައި މަޔަކަށް ވުމަށްފަހު، މަސައްކަތް ކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމުވެފައެއް ނުވެއެވެ. މިއީ، އިޖުތިމާޢީ ބޮޑު މައްސަލައަކަށް ނުވޭތޯއެވެ؟
advertisment
advertisment
advertisment
58 Responses
ވަރަށް ރަނގަޅު އާޓިކަލެއް. އަޅުގަނޑުވެސް ކައިވެނިކުރީ މޮޅު ޓީޗަރަކާ. ބަރާބަރަށް ސްކޫލަށް ދާނެ. ސްކޫލު ގަޑީގައި ގެއަކަށް ނާދޭ. އެވަގުތު ކުދިން ތިބެނީ އެކަނި. ގޭގަވެސް ފޮތްމާކުކުރޭ އަދި ޕޭޕަރުތައްވެސް މާކުކުރޭ. އެވަރުންވެސް ސްކޫލަށް ވަގުތު ނުދެވޭތީ ސްކޫލުން ޝަކުވާކުރާލެއް ބޮޑުކަމުން މިހާރު ހުރީ ގޭގައި. އެހެން ދާއިރާއަކުން ކިޔެވުންނަމައޭ އަންހެނުން ބުނޭ. މީ ވަރަށް ދެރަކަމެއް.
ޜަނގަޅު ޥާހަކަެެއް. ހިތާމައަކީ މަޔަކަށް ވީމަވެސް ދާއިރާ ދޫކޮށްލާފަ ނުދާތީ. މިފަދަ ޓީޗަރުން ސްކޫލަށް ބަރާބަރަށް އޮންނަނީ ހާޒިރު ނުވެވިފަ. ނަތީޖާއރއްގެ ގޮތުން ހުރިހާ ނޮހޮރުއޕާނެއް ޖެހެނީ ހާޒިރުވާ ޓީޗަރުނަށް.
Is that the language of a teacher of our society
ޓީޗަރުން އަނެއް ޓީޗަރުންގެ ހާލު ނުވިސްނޭނަމަ ދެން ކާކަށް ވަކި ވިސްނޭނީ؟ ގޭގަ މަޑުކުރީމަ ދެން އަހާނެ ކިޔަވައިގެން ނިކުން ހުރިހާ ޓީޗަރުން ކޮބާހޭ؟ ޓީޗަރުން ހަމަ ނުވެގެން އިތުރުގަޑި ނަގަންޖެހެނީ ތިމަންނައޭ! ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ރަނގަޅު ބަދަލެއް ބޭނުމިއްޔާ ފުރަތަމަ ބަދަލުކުރަންވީ ތިމާމީހާގެ ވިސްނުން!!
ޓީޗަރަކަށް އުޅެވޭނީ ވަރަށް މުރާލި މީހަކަށް. ޓީޗަރުންގެ ޤުރުބާނީ ޢިހުސާސްކުރެވޭނީ މުރާލި ޓިޗަރަކަށް. ނަމެއްގަ ޓީޗަރަކަށް އުޅުމަކީ ކުރަން ޙެޔޮވާވަރުކަމެއްނޫން. ހާޤީގަތުގައި މަޔަކަށް ވުމަށްފަހު އުޅެން އެންމެ ރަނގަޅު ދާއިރާއަކީ މީ. ބަދަލުކުރަންވީ ކަންކަންރާވާ ހިންގާ ގޮތްތައް. ޢުސޫލުތަކާއި ތަންފީޒުކުރުންތައް.
Suvaalaky kithah beyfulhunnah baaey mayakah vumah fahuves ulheveyne goiy onnany. Ulheveyne goiy onna nama "norihuppaana" nukoh thibeyny geygakan yageen. 😡
Aharenge bappage hayaaiy ekkoh e heydha kury .teacheregge gothugai
Aharenge bappage alathu kaivenimathyga dhemi ehunnany aailaayah vahuthu dhey manmayaa bappa dhebasve ehcheh bunaa adunaahan dhubahakubs .
Family yah time dhemun adhi ithuru bayeh kudhi kudhi masakkaiy thah vs kuramun ulhenybs
VAGUTHU ae hoadhyma libey ehcheh
Kuraamasakkathaky Thomas Kiran beynun vaa masakkathakah vefai kuraa konme masakkathakah amillakamegge gothugai dhekegen kuryma job vaany hobby akah.
Eyrah thihurihai sakuvaathakeh enaannaane
Bappa 22 years as a professional teacher
M so proud for my father
Love you dad
And ur students loves you too
Never give up don’t dothese kinds of koosany shakuvaas ingey dad
Ummmmwh
ރަނގަޅަށް ބެލީމާ އެނގޭނީ ތިޔަ ކަމުގެ ހަޤީޤަތް. ކާކުގެ ނިވާތްފަތް ގަނޑެއްގައިކަން ހުރީ. ފަހަރުގާ ވެދާނެ ތީ ހަމަ ތެދަކަށްވެސް
މުދައްރިސުން އަސްލުގައި އަދާ ކުރައްވަނީ ވަރަށް ބޮޑު ޒިންމާއެއް ، މަޔަކަށްވުމަށްފަހުގައި އެއްވެސް ވަޒީފާއެއް އަދާ ކުރަން ދަތި ވާނެ . މަޔަކަށްވީތީ އަދާ ކުރަން ހުންނަ ޒިންމާތަށްވެސް އެހާ ބޮޑުވާތީ، ޝިފްޓް ޑިއުޓީ އަދާ ކުރާ އެކި އެކި ވަޒީފާތަކުގައިވެސް 1 އަހަރު ވުމުން ނައިޓް ޝިފްޓަށްވެސްލާނެ ، ފީޑިން މަދާރސް އެކަމަކު އެއީ ، ހެނދުނު 8 މެންދުރު 2 ގަ މަސައްކަތް ނިންމާފަ ގެޔަށް ދެވޭނަމަ ލުއި ވީސް މުދައްރިސުންނަށްވެސް އަދި އިތުރު ހަރަކާތްތަކާ ދުވަސްތައް ފާހަނގަ ކުރުމަށް އިތުރު ގަޑީ މަސައްކަތްތަކަށް ނުނެރޭ ވަރަށް އިތުރަށް ސްޓާފުން ނެގެންވާނެ.
ހުރިހާ ޓީޗަރުން ބިޒީ ވަނީ އެއް ވަރަކަށް ނޫން.. ބައެއް ސްކޫލް ތަކުގައި ވަރަށް ފަސޭހަކޮށް ވެސް ބައެއް ޓީޗރުން އުޅޭ..
Yes good
ވަރައް ތެދުވާހަކައެއް
ދާއިރާ ނިކަމެތިވެ ބަލިކަށި ވުމުގެ އަސްލަކަށް މިފަދަ ކަންކަން ވާނެ. ކޮލިޓީ ޓީޗަރުން ބޭނުމެއް ނުވާނެ ސްޓްރެސް ވެގެން މަސައްކަތް ކުރާކަށް. ޕްރޮފެޝަނަލް މަސައްކަތެއް ކުރާން ކުރިމަތިލަނީ ސަބަބުތަކެއް ހުރީމަ. އެކަން ނުވާނަމަ ދާއިރާ ދޫކުރާނެ.
އިސްކަންދަރު ސްކޫލުގައި ކިޔަވައިދިން ވ. ރަނގަޅު ބައެއް ޓީޗަރުން އެބަތިބި ވަޒީފާ ދޫކޮށްފައި ގެއަށް ގޮސް ދަރީންގެ ކައިރީގާ ތިބެގެން ގޭތެރޭގެ މަސައްކަތް ކުރަމުން ޓިއުޝަން ދީގެން ރަނގަޅު އާމްދަނީއެއް ހޯދާ. އެއީ އަޅުގަނޑު ދަންނަ ބައެއް. ބެލެނިވެރީން އިތުރބާރު ކުރާތީ ކުދީން އެމީހުންގެ ގާތައް ފޮނުވާ. އެއް ޓީޗަރަކު އަޅުގަނޑު ގާތު ބުނި މާ ލަސްވީޔޯ ކެނޑެވުނުލެއް.
ފެންވަރު ރަގަޅު މީހުންތިބެގެން ފެންވަރު ރަނގަޅު ދަރިން އުފެއްދޭނީ. ޓީޗަރުން ތިހާ ސްޓްރެސްގައި ތިބެގެން މިކަމެއް ނުވާނެ. ޖަލުތައް އެޔޮށްގެން ފުރެނީ. މުޖުތަމަޢުން ރަގަޅު ސިފަތަކެއް ނުފެނޭ. މިކަންކަމާ ޓީޗަރުންގެ ސްޓްރެސް އިތުރުވުމާ ގުޅުމެއް އޮވެދާނެ ހެންވެސް އެބަ ހީވޭ. މި އާރޓިކަލް ކިޔާލީމާ
ކޮބާ މައްސަލައަކީ. ސްކޫލުތައް އެބަ ހިނގައެއްނު. ބޭނުން ނުވާނަމަ އެހެން ތަނަކަށް ދަރިން ގެންދާނެދޯ. ޓީޗިންގ ދާއިރާއަކީ ފައިދަމާފާ ނިދާން ޖެހޭ ދާއިރާއެއް ނޫން. އެކަން އެނގިގެން ދޯ ވަންނަނީވެސް. ކިހާ ޗުއްޓީއެއް އެބަލިބޭ ތިމީހުންނަށް. ކީއްވެ އެވާހަކަ ނުދައްކަނީ
Chutygai huregenves teacher kuranee konkameh tho balaalbala eyrah ihusasvaane chutygai hama chuty hadhaneetho kiyevumaagulhun huri next plane rava filaavalhuthakah beynunvaane kankan kurumugai ginafaharah thiyabunaa chuty heydhavegendhanee.
އަމިއްލަ އަށް ދޯ ތިކަމެއް ބޮލުގައި އަޅައިގެން ތި އުޅެނީ ވެސް. ތިހާ ޝަކުވާ ކުރާއިރު އަދި ތިކަމުގެ ހުރި ބުރަބޮޑުކަން އެނގޭއިރު ތިހެން އުޅޭތީ މަހަމަ އަޖައިބުވެ އަންތަރީސްވެއްޖެ. ރީތިކޮށް ޝަކުވާނުކޮށް ޚިދުމަތް ދެވޭތޯ ބެލިއްޔާ މާރަގަޅުވާނެ ދޯ، ތިހެން އުޅުމެއްށްވުރެ
އެެއީ ޓީޗަރުންނަށް ޗުއްޓީއެއް ނޫން. ބޮޑު ޗުއްޓީ ލިބެނީ އެހެން ތަންތާ ސްޓާފުންނަށް ލިބޭހެންހަމަ. އެހެން ބަންދުތަކަކީ ކުދިންނަށް ލިބޭ އެއްޗެއް. ނިކުންނަން ބުނެފިއްޔާ ނިކުންނަން ޖެހޭނެ. ސަރުކާރު އެހެން ތަންތަނުގެ ސްޓާފުންނަށް ހުކުރު،ހޮނިހިރު ޗުއްޓީ ގޮތަށް ލިބޭ. އެކަމަކު ޓީޗަރުން އެވެސް ގިނަ ވީކްތަކުގަ ނުލިބޭ. ކީއްވެގެންބާ އެ ވާހަކަ ނުދައްކަނީ؟
ކިތައް ޗުއްޓީ ބާ ޗުއްޓީ އެއްގެ ގޮތުގައި ހޭދަކޮށްލަން ލިބެނީ. ހަފްތާ ބަންދުވެސް ފްރީ ކޮށް މިމީހުންނަށް އެބަ ލިބެޔޭ ބުނާ އަޑު އިވޭ. ޓީޗަރުންނަށް އެނގޭނެ ވަރަށް ރަނގަޅަށް ހަފްތާ ބަންދުގައި އުޅެން ޖެހޭ ގޮތް! ކިތައް އިތުރު ހަރަކާތްތޯ ހަފްތާ ބަންދުތަކުގައި އޮންނަނީ؟؟ މިޑްޓާރމް ބްރޭކްގައި ކިތައް ކިތައް ޓީޗަރުންތޯ އެގްޒާމް ހަދާ ގްރޭޑް ތަކަށް އެކްސްޓްރާ ކްލާސް ނަގައިދެނީ؟ ޓީޗަރުން ކުރާ ބުރަ މަސައްކަތް ވިސްނާލަން ވެސް ނޭނގޭނެ ޓީޗަރަކަށް ނުވާހާ ހިނދަކު!! އެެހެން ވީމާ ޗުއްޓީ އޭ ނުކިއްޔާ ރަނގަޅުވާނީ!!!
މަސައްކަތް ނިމުނު ކަމުގެ އިހުސާސް ކުރެވޭ ވަޒީފާއަކަށް ވާންޖެހޭ. މީ ވަރަށް ރަނގަޅު އާރޓިކަލެއް. ދަރިން ތަރުބިއްޔަތު ކުރެވޭނީ ދެމަފިރިން ތަރުބިއްޔަތު ވެގެން.
އަޅުގަނޑުގެ އަންހެނުންނަކީ ޕްރައިމަރީ ޓީޗަރެއް. އެފަކީރަށް ނޭވާ ލާނެ ވަގުތުވެސް ނުލިބޭ. ކިތަންމެ ފަހަރަކު މިހާރު ބުނެވިއްޖެ ވަޒީފާއިން ވަކިވާށޭވެސް. އެފަކީރު އެ އުޅޭ ހާލު ފެނިފައި ވަރަށް ދެރަވޭ.
ފިރިހެނުންނަށްވުރެ އަންހެނުން އަންހެނުންނަށް އަނިޔާވެރިވާލެއް އިތުރުވީމާ ކަމަށް ވެދާނެ ތިހެންތިވަނީ. އެހެންވީމާ ޖެންޑަރ އަށްށާ އެޑިޔުކޭޝަނުނގައި ތިބެންވީ ފިރިހެން މިނިސްޓަރުން ކަންނޭގެ. އެމީހުންނަށް އަންހެނުންގެ އިހުސާސް މާ ރަގަޅަށް އިހުސާސް ކުރެވޭ ކަމަށް ފެންނަނީ،
Ranglhu teacherun kudhinnah kiyavadhenee. Thi bunaa buramash kathatheh nufeney. Kujjaa fothuga onna workge jawaab board liye copy kohllaashey buneema kudhin copy kuranee. E heyo dhivessakas, islamakas hisaabakas. Buravaanee kujjaa ah e visney varah explains kohdheegen kujja amilla ah work hadhaafa eyga hunna mistakes thah teacher ranglhu kuraa nama eh nun. Gina teacherun board ga answer thah liyumah fahu thibenee foanaa kulhen. Fothuga onna work fiyavaa kujjaa improve kuran ithuru massahkatheh kuraa thaneh nufeney.
* note: mee hurihaa schoolehgge hurihaa teacherunge vaahaka eh nun. Hama balaiganevey varah ranglhu school thakaa teacherun ulhey mihaaru ves.
ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުން ފެންނާނީ ގިނަ ދުވަހުން. އޭގެ އަސަރު އަޅުގަނޑުމެންގެ މުޖްތަމައުން ނުފެނޭތޯ! އެކަމާ ވިސްނާ މީހުން ނެތީމާ މައްސަލައަކީ.
ހުރިހާ ވެސް މައްސަލައަކީ، އެއްވެސް ކަމެއް ބޮޑު ކަމަކަށް ނުވުން.
މި ލިޔުން ކިޔާލުމުން ވިސްނުނީ ޓީޗަރުންނާމެދު ބަޔަކު ވަަރަށް ބޮޑަށް އިހުމާލުވެފައިވާކަން. މީ ވިސްނާންޖެހޭ ކަމެއް. އަދި އިހުމާލުވީ ފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭވެސް ކަމެއްކަމަށް ދެކެން
އަމިއްލަ ނަފުސަށްވެސް މަކަރުހަދާބައެއް ތި ޓީޗަރުންނަކީ. އެސައިންމަންޓުގަނެގެން ގޮސްތިބި މީހުން މިހާރު ގިނަވާނީ. ދެން ވަޒީފާ ދޫކޮށްލާފަ ދާނީ ކޮންތާކަށް. ހައިރާންވަނީ މިފަދަ ބަޔަކު ދަރިންނަށް ކޔަވާދޭން އުޅޭތީ. މަވާ ސަލާމް
ޓީޗަރުންގެ މަސައްކަތްތައް އިމެއްނެތި ރާވާއިރު ޓީޗަރުން އެކަމަށް ބަސްނުބުނަނީ ކީއްވެތޯ ސުވާލު އުފެދޭ. ޓީޗަރުން ބަސްބުނާކަމަށް ނޫހެއްގައި ލިޔެފަ ވަނިކޮށް ނުދެކެން
އަހަރެންވެސް ރައްޓެހި ބައެއް ޓީޗަރުންނާ. އެމީހުން އުޅޭލެން ވަރަށް ކޫލް. ސްޓްރެސްއެއް ނުފެނޭ އެމީހުންގެ މޫނުމަތިންނެއް. އަދި އުޅޭ ގޮތަކުންނެއްވެސް. އެކަމަކު ލިޔުމުގައި އޮތް އެއްވާހަކަ އަހަންނަށް ވަރަށް ތާއީދު ކުރެވޭ. އަހަރެން މިބުނި ގިނަ ޓީޗަރުންތިބީ ޑިވޯޒްވެފަ
މާލޭ ސްކޫލުތަކުގެ ހާލަތު ބަލައި ދިރާސާ ކޮށްފިނަަ މި ދިރާސާގެ ނަތީޖާގެ ސައްހަކަން އެނގިގެންދާނެ. ޖެންޑާ މިނިސްޓްރީން ނޫނީ އެޑިޔުކޭޝަނުން މިފަދަ ދިރާސާއެް ކުރުމަށް ފެނޭ. މިއީ، ހަގީގަތެއްނަމަ މީ އިންތިހާއަށް ކަންބޮޑުވާންޖެހޭވަރުގެ ކަމެއް
ސްޓްރެސްވުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް
ޓީޗަރުނގެ ނަންބަރު އާންމު ކުރުމަކީ އެ ފަރާތްތައް ހަވަރަށް ދިނުން ގޮތުގައި އަޅުގަނޑު ސިފަކުރަނީ. މީ ވަރަށް ދެރަވަރު ކަމެއް. 21 ވަނަ ގަރުނުގައި ކުރާން ހެޔޮނުވާބަރުގެ ކަމެއް މީ.
9
ތަޢުލީމީ ދާއިރާގެ ކަންކަން ބޮއްސުންލީ ވަރަކަށް ގައުމުގެ ކަންކަންވެސް ބޮއްުސުންލާނެ
މީ ކޮންމެ ގޮތެއް ވަރިހމަ ގައުމެއް. އެހެންވީމާ ވާނީ މިހެން
ސްޓްރެސް އިތުރުވެގެންވާ ވަރިގިނަވަނީ. މީހަމަ ބަލައިލަންޖެހޭ ކަމެއް ދޯ. ޓީޗަރުންގެ އުޅުން ގޯސްވީމާ ދޯ ވަރި އެ ގިނަވަނީ. އެކަން ހައްލު ކުރެވޭނީވެސް ޓީޗަރުންނަށ ދޯ. ދެން އެމީހުންނަށް ކިހިނެއް ކިޔަވައިދެވޭނި. ދަރިން ތަރުބިއްޔަތު ކުރާނީ
🤦♀️🤦♀️🤦♀️
🤦🏽♀️🤦🏽♀️🤦🏽♀️
މިދިރާސާގެ ސައްހަކަން ކިހނެއް ކަށަވަރު ކުރެވޭނީ
އަންހެނުންނަކީ ވަރަށް ކެތްތެރި ބައެއް، ކުރާ މަސައްކަތުގަ އިހުލާސްތެރި ކަމެއް ނެތިއްޔާ ތި ހުރިހާ ޝަކުވާއެއް ފެންނާނެ ވަރުގަދަ ފިރިހެނުން ތިއްބަސް، ފިރިހެން ޓީޗަރުންނަށް މިހާރު އުޅޭ މީހުންނެކޭ ކުނިން ނޭ އެއްވަރު، ގިނައީ ލާރި ދީގެން ކޮންމެވެސް މީހަކު ލައްވަ އެސައިމެންޓް ހަދައިގެން މާސްޓަސް ނަގާފަ ތިބި މީޙުން
ކުރުވާހާ މަސައްކަތާއި ނުބައްދަލު ޢުޖޫރަ ދީފަ އަދި އެލާރިކޮޅުވެސް އެކި ނަންނަމުގަ ފޭރޭ ވާހަކަ ކޮބައިތޯ؟ އެވާހަކަ ހަމަ ނުބުނޭތޯ އެއްވެސް ޓީޗަރަކު؟ ސްކޫލު ތަކުގެ ފުރާޅުގައި ޓިނުޖެހުން؛ މުށިޖެހުން؛ ފާރުގަ ކުލަލުން؛ ދުވަސް ފާހަގަ ކުރުން މިހެންގޮސް ކިޔާނެކަމެއްނެއް. ކީކޭ ދެންބުނާނީ؟
ޓީޗިންގ ދާއިރާއަކީ ލިﷲ އަށްޓަކައި މަސައްކަތް ކުރާ ކަމެއްނޫންތޯ. ދަރީންނަށްޓަކައި 24 ގަޑިއިރު ސްކޫލުގައި އުޅުނީމާ ކިހާ ދަރުމައެއް ލިބޭނެތޯ
Kaleythee alhe bodu maramoalehtha thaakuhuri. Lillaahiyahtakaa kuraane ehenkameh nethigentha mithibeny.
މައްސަލައަކީ ވަޒީފާއަށް އަންނަނީވެސް މިކަން އެގިތިވެ. ނަމޫނާ ދައްކަންޖެހޭ މީހުން މިފަދަ ވާހަކަ ދައްކާތީ ލަދުގަނޭ
Kon namoonaa ehtho
Namoona dhakkan aisbala nikan
Thibeyfulhaagothah dhariyaku firiyaku
nethifa nuthibeyne noontho enmeneh
ހައްލު ހޯދައި ނުދެވުނު ކަމެއް މީ. ޓީޗަރުންނަކަށް އެކަންޏެއް ނޫން. ހުރިހާ ދާއިރާއެއްގައިވެސް މުވައްޒަފުންނަށް ބިރުދައްކާގެން ކަންކން ކުރަނީ
ބިރުދެއްކުމުގެ ނަމޫނާ ޕްރިންސިޕަލެއް ހުންނާނެ މާލޭގެ ސްކޫލެއްގަ. މާލޭގެ މެދުތެރޭގަ އެ ސުކޫލު ހުންނާނީ. އަހެންނަމެއް އެ ޕްރިންސިޕަލުގެ ނަންފެށޭނީ ނ އަކުން. އެއީ މުވައްޒަފުންނަށް ނުބައި ކަަމުންކަންނޭގެ
24 ގަޑިއިރު މަސައްކަތް ކުރުވީމައޭ މަމެން ބަޔަކަށްވަނީ. މެޑަލްޖަހާލެވޭ އެގޮތަށް ކަންކުރީމާ. އޭރުން މަވަރުގެ ވެރިޔަކު ނުހުރެއޭ. އިންސާފުން ބޭރުން ވިޔަސް ކަންކަން ކުރުވީމާ އެއީ އަހަރެންގެ ކުޅަދާނަކަމަށް ބަލާނަމަ މިކަންކަން ކުރާނެ ދޯ
ނިމުމެއްނެތް ދަތުރެއް. މީހަކު ކަންބޮޑުވުމެއް ފާޅުކޮށްފިނަމަ އެވަނީ ޝަކުވާއަށް. ކިހާ ހެއްވާ
i love teaching so i became one but since we are following a system where the most developed educational institutions follow, we are having difficulties to establish it here…they have 10 to 12 students per teacher but for us its 30 for each assesing 30 students by one teacher everyday is difficult…
school tah eh dhan falhi akah hadan veee…. den school hrs nimuneema teachers nunerevey gotah…. school gadeega kuraa hurihaa kameh kuran jehey gotah
Ehen nama session therin liben vaane lesson plan hahdhaane vaguthu furanjehey eki eki form thahves furaane vaguthu adhivhama lesson thakah ready vaane vaguthuves liben vaane hama session therin foiy mark kuran ves time liben vaane
Kiyavaa dhemun mihurihaa kamakah session therin vagutheh nulibey
Reyvun therikamaa eku kudhinnah hingan jehey ithuru haraakiy thahves hingan jehyne ekam konme hukuru honihireh gurubaan kohlan v ma ehves myhakah faseyha nuvaane
Teachers akyves hama insaanun emyhunge ves hunnaane amilla kankan ves aailaaves onnaane emyhunnahves vaguthu dheynves jeheyne
Ehen myhunge dharinnah kiyavaadheyshey kiyaafa 24 gadi iru amilla dharin kiyavaatho ves nubalaa ekidhinnah alhaanulaa ekudhin magumahchah ginaakuraakah dhuleh nukureveyne
V kiyavaadhey hiyvey ekam kiyavaa dhinumuge ithurun Anna ehn kankan alhugandumenge sikundithakah lyi vaa gothah raavaa kuriyah gengosdhevaashey.
Eyrah mi hurihaa SHAKUVAAEH nukuraane
ބައެއް ސްކޫލްގައި އުޅޭ ޓީޗަރުންނަކީ ހަމައެކަނި ގަޑިފުރާލަން ދާބައެއް. 10.35 ގައި ކްލާސް ނިމޭއިރަށް 10.36 ގައި ހުންނާނީ ބަނދަރުގައި ކެޔޮޅުކަމުދާންގޮސް އިޚްލާސްތެރިކަމެއް ނެތް. އެމީހުން ދެކެނީ ޕާޓްޓައިމް ޖޮބެއްގޮތުގައި. ދެން ހަތަރުދަމު މަހަށްގޮސް އުޅެފައި ތިބޭނީ މިސްކިތަށް އަރާފަ ނިދާފައި މީ ޕޭރަންޓުން ކަންބޮޑުވާކަމެއް.
Varah rangalhu article eh.
Varah rangalhu article eh.
Hurihaaves massala akee Principalun emeehunge maa molhukan dhehkumahtakai kanthah kuraathee. Enme faharakuves teachrunnai meehun visnai nilaane. Hama seedhaa faalhugai staff meeting thakugai birudhahkaane. Mi kamugai Education ge
massalaves varah bodu
ވަރަށް ރަނގަޅު ވާހަކައެއް. މީ ހަމަ ޓީޗަރުން އުޅޭހާލް. ރީތި ނަމެއް ނުލިބޭތާ ހައްތާވެސް މީހުންގެ ނުރުހުން ލިބޭ ދާއިރާއެއް.