އަތޮޅުތެރޭގެ ސްކޫލުތަކުގައި ކިޔަވައިދޭނީ 5 ގަޑިއިރު: އެޑިޔުކޭޝަން މިނިސްޓަރ

ކޮވިޑް-19ގެ ބިރުވެރިކަން ނެތް، ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައި ދިނުން އަންނަ ހަފުތާއިން ފެށިގެން 5 ގަޑިއިރަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައިވަނީ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ކޮވިޑް-19ގެ ބިރުވެރިކަން ނެތް ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވައިދޭ ވަގުތު އަންނަ ހަފުތާއިން ފެށިގެން އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށާއި، މިގޮތުން އެފަދަ ރަށްރަށުގެ ސްކޫލުތަކުގައި އަންނަ ހަފުތާއިން ފެށިގެން 5 ގަޑިއިރު ކިޔަވައިދޭނެ ކަމަށެވެ.

އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އައު އާންމު ޙާލަތަކުން އާންމު ޙާލަތަކަށް ރުޖޫޢަވުމަށް: އެޑިޔުކޭޝަން މިނިސްޓަރ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުމާއި ކިޔަވައިދޭ ވަގުތު އިތުރު ކުރުމުން އޮންލައިން ކްލާސްތަކުން ނުލިބޭ އެތައް ފައިދާތަކެއް ދަރިވަރުންނަށް ކުރާނެ ކަމަށެވެ. މިގޮތުން އެހެނިހެން ދަރިވަރުންނާއި މުދައްރިސުންނާ ބައްދަލުވުމުން އެކުދީންގެ އުނގެމަށް ގިނަ ފައިދާތަކެއް ކުރާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮވިޑް-19 މާލެއިންފެނި މާލޭ ސަރަޙައްދު ޤައުމީ ފުރަބަންދަކަށް ދިއުމާއެކު ސްކޫލުތަކުގައި ކިޔަވައި ދިނުންވަނީ ބަންދު ކުރެވިފައެވެ. އެހެން ނަމަވެސް، ޓެލިކިލާހާއި އޮންލައިން ވަޞީލަތްތަކުގެ އެހީގައި ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިޔަށް ގެންދެވިފައިވެއެވެ. އެއަށްފަހު، ފުރަބަންދަށް ދިން ލުއިތަކާއެކު އައު އާންމު ޙާލަތުގައި ސްކޫލުތަކުގެ ކިޔެވުން ފެށިގައިވަނީ ޖުލައި 1 ވަނަ ދުވަހުއެވެ. މާލޭ ސަރަޙައްދުގެ ސްކޫލުތަކުގައި ގްރޭޑް 9 ން މައްޗަށް ކިޔަވައިދިން ނަމަވެސް، ކޮވިޑް-19 ގެ ނުރައްކާ ނެތް އަތޮޅުތަކުގެ ސްކޫލުތަކުގައި ގްރޭޑް 1 ން 12 ށް ކިޔަވައި ދިނުން ކުރިޔަށް ދިޔައެވެ. އެހެންނަމަވެސް މާލޭ ސަރަޙައްދުގައި ކޮވިޑް-19ގެ ނުރައްކާ އިތުރުވަމުންދާން ފެށުމާއެކު އޮގަސްޓް 9 ން ފެށިގެން މާލޭ ސަރަޙައްދުގެ ސްކޫލުތަކުގައި ކިޔަވައިދިނުން ހުއްޓައިލާން ޖެހުނެވެ.

އަންނަ ހަފުތާގެ އާދީއްތަ ދުވަހު ސްކޫލުތަކުގައި އަލުން ކިޔެވުން ފެށޭއިރު އެ ހަފުތާގެ ހޯމަ ދުވަހު އޭލެވެލް އިމްތިޙާނު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!

17 Responses

  1. ކޮވިޑު އޮތީ މާލޭގައި ދެއްތޯ. އަތޮޅުތެރޭގެ މީހުން ހަމަ ކުރިޔެކޭ އެއްގޮތަށް އުޅެމުން އެގެންދަނީ. ކޮވިޑު ފެތުރި ދާނެތީ ސްކޫލުގައި ކިޔަވައި ނުދެނީ. އަކަމަކު ދަތުރުދަނީ ޕާޓީ ބާއްވަނީ ހަމަ ކުރިޔެކޭ އެެއްގޮތަށް އުޅެމުން އެދަނީ. ކިހާ ހެއްވާ

  2. ކަމެއް ވިޔަސް ނުވިޔަސް މާލެއަށް ވާގޮތެއް ވާންޖެހޭނީ. ސުނާމީ އެރީމާ މާލޭގެ ސުކޫލުތައް ބަންދު ނުކުރާތީ ސުންނާފަތިވީ ރަށްރަށުގައިވެސް ކިޔަވައި ދިން

  3. ކޮވިޑު އޮތީ މާލޭގަ. އެހެންވީމާ މާލޭ ސްކޫލުތައް ބަންދުވީ. މާލޭ ސްކޫލުތައް ބަންދުވީމާ، އަތޮޅުތެރޭގައި ކޮވިޑު ނެތަސް ބަންދުވާންޖެހޭނެ. މީވެރިކަންކުރާ ރަށް. ތިވެރިންނަށް އެކަން އެނގެންވާނެ

  4. ސްކޫލުތައް ހުޅުވާކަށް ނުފެނޭ. މިއަހަރު މިގޮތަށް ނިންމާލަން ފެންނަނީ. ދިރާސީ އަހަރުވެސް މިވަނީ ބަދަލުވެފަ. ކަރިކިއުލަމްވެސް ނިންމާލެވޭނެ މާސަޅިކޮށްވެސް

  5. ޓީޗަރުންލައްވާ ޓެލިކިލާހާ އެހެން ކިލާސްތައްވެސްނަގައިގެން ލާރިގަޑު ކާލީ. ހުރިހާ މަސައްކަތެއް ޓީޗަރުންނަށް، ހުރިހާ ފައިސާއެއް އެހެންބަޔަކަށް

  6. މިހާރު ދެން ކީއްކުރަން ފަސްގަޑިއިރަށް ހަދަންވީ. އަންނަ މަހު ޓެސްޓު. ކޮން އެއްޗެއް ކިޔަވާދޭން ކުރިކަމެއްމީ، މިވެސް ހަމަ ދެއްކުންތެރިކަމެއް. ރާއްޖޭގެ ރައްޔިތުން ގަމާރުންނަށް ހަދާގެން ހުރިހާ ކަމެއް ކުރަނީ

    1. ކިޔަވައިދޭ ވަގުތ އިތުރުވީމާ ފައިދާ ކުރާނީ ދަރިވަރުންނަށް. ދަރިވަރުންގެ އުނގެނުމަށް ހެޔޮ އަސަރު ކުރާނީ ދަރިވަރުންނަށް ދެވެންޖެހޭ އެކަށީގެންވާ ވަގުތު ދެވިގެން. ހެޔޮ ވިސްނުން ވިސްނަބަލަ

      1. މިނިސްޓްރީއަށް އެނގުނީ ދިރާސީ އަހަރު ބަދަލުކުރަން. އެހެންވީމާ 6 މަސްދުވަސް އިތުރުވެއްޖެ. އެހެންވެ 6 މަހު ކިޔަވައި ނުދީ ކޮންމެސްކަމެއް ގޮތަކަށް ތަޅުވަންޖެހޭނެތާ

    1. އެގޭނީ އެފަދަކަމެއް އެގޭވަރުގެ ބަޔަކު އެމިސްޓްރީގާ ތިބިނަމަތާ. ހޮވާލި ކުދިންކޮޅެއްވިއްޔާ ލައިގެން އެއުޅެނީ

  7. ކިޔަވައި ދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ. ހުއްޓުމެއްނެތި ކިޔެވުން ކުރިޔަށް ގެންދެވޭތޯ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވިފައިވަނީ. އެހުރާ ފަރާތްތަކަށް ޝުކުރު އަދާކުރަން

    1. އެއީ ކިޔަވައި ދިނުމުގެ ނަމުގައި ބޭރުން ލިބުނު އެހީތަކުގެ ބޭނުން ކުރީ. އެކަން ދެއްކުމަށް ކުރި ޝޯވްއެއް

    2. ހުރިހާ މަސައްކަތެއްކުރީ ޓީޗަރުން. އަމިއްލަ ޚަރަދު. މަންފާ ލިބުނީ އެހެންބަޔަކަށް ފައިސާ ދިޔައީ އެހެންބައެއްގެ ޖީބަށް

  8. އަތޮޅުތެރޭ ސްކޫލުތަކުގައިވެސް ކިޔަވައިދޭން ފެންނަނީ 9ކުން މައްޗަށް. މާލޭގައި ކަންހިނގާ ގޮތަށް ތާ ހިނގަންވާނީ އެއީ ވެރިރަށްވިއްޔަ

  9. ތަންދޮރު ނުފިލާ މީހުން ބަސްބުނަން ތިބީމާ ވާނީ މިހެން. އެޑިޔުކޭޝަނަކީ ކޮބާކަން އެނބަ އެގޭބާ

  10. މިނިސްޓަރަކި ވަރަށް ހިތްހެޔޮ ހިންގުންތެރި ވެރިޔެއް. މިހާލަތުގައިވެސް އެކުރެއްވި މިންނެތް މަސައްކަތަށް ޝުކުރުވެރިވާންޖެހޭ ޝުކުރިއްޔާ މިނިސްޓަރ