ދިރާސީ އަހަރު (2020) ގެ ދެވަނަ ޓާރމުގެ ކިޔެވުން މިއަދު މިވަނީ ފެށިފައެވެ. ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުން ސްކޫލަށް މިއަދު ޙާޟިރުވުމުން އެ މުދައްރިސުންނަށް ލިބިގެންދިޔައީ ހާ އުފާވެރިކަމެކެވެ. މުދައްރިސުން ކިޔަވައި ދެއްވުމުގެ ބުރަ މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، އަދި ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައި ދެއްވި ނަމަވެސް، ސްކޫލުގައި މުދައްރިސުންނަށް މަސައްކަތް ކުރެވޭނެ އެންމެ އެކަށޭނަ މާހައުލެއް މިހާތަނަށް ފަހިވެފައެއް ނުވެއެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ސްކޫލުތަކުގައި މުދައްރިސުން މަސައްކަތް ކުރަމުންދަނީ އެކަށޭނަ މިންވަރާ ގާތަށް ވެސް، އެ މުދައްރިސުން މަސައްކަތް ކުރާނެ އެކަށޭނަ މާހައުލަކާއި ވަސީލަތްތައް ނެތިއެވެ. ޤަބޫލު ކުރާން ކިތަންމެ ދަތިވި ނަމަވެސް ޙަޤީޤަތަކީ މިއީ އެވެ.
މި ބޮޑު މައްސަލައަށް ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ހައްލެއް މިވަނީ ހޯދައި ދެއްވައިފައެވެ. ކޮންމެ މުދައްރިސަކަށް ވެސް، ވަކި މޭޒަކާއި ކަބަޑެއް، އަދި އުނގަންނައި ދިނުމުގެ މަސައްކަތްތައް ފަސޭހަ ކަމާއެކު ކުރެވޭނެ ފަދަ ވަޞީލަތްތައް މުދައްރިސުންނަށް އިންތިޒާމު ކޮށްދެވިފައި ވުމަކީ އެ މުދައްރިސުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަން ކަށަވަރެވެ. މީގެ ސަބަބުން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރު ކޮށްދިނުމަށް އެ ސްކޫލުން ކުރަމުން ގެންދަވާ ބުރަ މަސައްކަތުން ތަފާތު ފެންނާނެކަން ޔަޤީނެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދެއްވި ގޮތުގައި ސްކޫލުގެ ސްޓާރފް ރޫމުގައި ކޮންމެ މުދައްރިސަކަށްވެސް، ވަކި މޭޒަކާއި ކަބަޑަކާއި އެ މުދައްރިސަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެވިފައި މިވަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައެވެ. އޭގެތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އެ ސްކޫލުގެ ހީވާގި މުވައްޒަފުންނާއި، ސްކޫލުގެ ޕީޓީއޭ އާއި، ވައިލެޓް އެންޓަރ ޕްރައިސަސް އާއި، ބަންކަރާއި، ކުޑަހުވަދޫ ފެމިލީ ވަން މާރޓާއި، ކުޑަހުވަދޫ މާހިޔާ ކާޕެންޓްރީގެ އެހީތެރިކަން ލިބިފައި ވާ ކަމަށް ސްކޫލުން މަޢުލޫމާތު ދެއްވައެވެ.
މިހާރު އަސްލު ވަރަށް ފަސޭހައަދި ވަރަށް އޮގަނައިޒް އަދި ބަލާލަންވެސް ރީތި. ޕްރިންސިޕަލް ހަމްޒަތުގެ އިސްނެގުމާއި އަދި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވަން: ޓީޗަރެއް
ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބައެއް މުދައްރިސުން ބުނުއްވީ މިއީ، ވަރަށް ދިގު އިންތިޒާރެއް ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި މީގެ ސަބަބުން ދަރިވަރުންނަށް އުނގަންނައި ދިނުމަށް މުދައްރިސުން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަން މުދައްރިސުން ފާހަގަ ކުރައްވައެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ދަރިވަރުންނާއި މުދައްރިސުންނަށް ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރަމުން ގެންދަވާ ނަމޫނާ ސްކޫލެކެވެ.
advertisment
advertisment
advertisment
2 Responses
Mi raajjeyge' 10% schoolgaives thigothah vaki meyzeh nuhunnaane'.. hamzath thilan kurevvi goi ebajehey balan
ވަރަށް ފުރިހަމަ، ސާބަސް ހައްގުވޭ