ހުޅުމާލެއަށް ނިސްބަތްވާ ހުރަވީ ސްކޫލުގެ ވެބްސައިޓު މިއަދު އިފްތިތާޙު ކޮށްފިއެވެ.
މި ވެބްސައިޓް އިފްތިތާޙު ކޮށްދެއްވީ އެ ސްކޫލުގެ 2 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ކުޑަ ޙަފްލާއެއްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ އެވެ.

މި ޙަފްލައިގައި ވާހަކަފުޅު ދައްކަވަމުން ހުރަވީސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، 2019 ވަނަ އަހަރުގެ ކިޔެވުން ފެށުނުއިރު ކޮންކުރީޓް ޖަންގައްޔެއްގެ ގޮތަށް އޮތް ހުރަވީ ސްކޫލް، މިހާރު ވަނީ ނަމޫނާ ސުކޫލަކަށް ބަދަލު ކުރެވިފައި ކަމަށާއި މިކަން ކުރެވުނީ އެ ސްކޫލުގެ ހިތްވަރުގަދަ ޓީމުން ދައްކުވައިދިން ލާމަސީލު ނަމޫނާއާއި، ބެލެނިވެރީންނާއި ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމުންކަން ޕްރިންސިޕަލް ފާހަގަ ކުރައްވައި އެހުރިހައި ފަރާތް ތަކަކަށް ޕްރިންސިޕަލް ޝުކުރު އަދާ ކުރެއްވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ވަނީ އެ ސްކޫލަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކޭކެއް ވެސް ފަޅައިފައެވެ. މި ކޭކު ފަޅައި ދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރު ވުޖޫދުވި ހުރަވީ ސްކޫލަކީ އެއްދަންފަޅިއަށް ކިޔަވަދޭ، ޖާގައިގެ ގޮތުން ތަނަވަސް، ސްކޫލެކެވެ. މި ސްކޫލުގައި މިވަގުތު 1200 އެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލު ކުރަމުން އެބަދެއެވެ.
ރާއްޖޭގައި ޢިމާރާތް ކުރެވިފައިވާ އެހެން ސްކޫލުތަކާ ޚިލާފަށް ހުރަވީ ސްކޫލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވެސް، ފަސޭހަކަމާއެކު އަރާ ފޭބޭނެ ގޮަށް ފަރުމާކުރެވިފައި ވާ ސްކޫލެކެވެ.
advertisment
advertisment
advertisment