ޓީޗަރސް އެސޯސިއޭޝަންގެ އިންތިޙާބީ މަޤާމުތަކަށް މެމްބަރުން ކުރިމަތިލައިފި

ޓީޗަރސް އެސޯސިއޭޝަންގެ އިންތިޙާބީ މަޤާމުތަކަށް މެމްބަރުން ކުރިމަތި ލައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ދޭ ޖަހާއިރަށް ހަމަވީއިރު އިންތިޙާބީ ހުރިހައި މަޤާމަކަށް ވެސް މެމްބަރުން ކުރިމަތި ލައިފައި ވާ ކަމަށެވެ.

ޓޭމްގެ ހިންގާ ކޮމެޓީގެ ރައީސްގެ މަޤާމަށް ކުރިމަތި ލައިފައިވަނީ އިސްކަންދަރު ސްކޫލުގެ ޓީޗަރ، އދ. މާމިގިލީ އުރަހަ ޢަލީ ނާޒިމެވެ. ނައިބުރައީސް (އެކްޓިވިޓީ) ގެ މަޤާމަށް ކުރިމަތިލައިފައިވަނީ ރެހެންދި ސްކޫލުގެ އިސްލާމް ޓީޗަރ ޤާސިމް މުޙައްމަދެވެ. ނައިބުރައީސް (އެކެޑެމިކް) ގެ މަޤާމަށް ކުރިމަތިލީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ޢާއިޝަތު ނާޒިޔާ އެވެ. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލީ ސީއެޗްއެސްއީ ގެ މުޙައްމަދު އަދުހަމް އެވެ. ފައިނޭންސް ކޮންޓްރޯލަރ ގެ މަޤާމަށް ކުރިމަތިލައިފައި ވަނީ، އިސްކަންދަރު ސްކޫލުގެ އަޙްމަދު މުޙައްމަދެވެ.

ޓީޗަރސް އެސޯސިއޭޝަނުން މަޢުލޫމާތުދިން ގޮތުގައި، ކޮންމެ މަޤާމަކަށް ވެސް، ކުރިމަތިލައިފައި ވަނީ، އެންމެ ފަރާތެއް ކަމަށް ވާތީ އެ ފަރާތްތައް އެމަޤާމުތަކުގައި އައްޔަނު ކުރުމާމެދު އާންމު މެމްބަރުންގެ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ކުރިޔަށް ދާނެއެވެ. މި ބައްދަލުވުން ކުރިޔަށް ދާނީ އޮންލައިންކޮށް ކަމަށް ޓޭމުން މަޢުލޫމާތު ދެއްވިއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!