ކަލާފާނު ސްކޫލުގެ ޕްރިންސިޕަލަކަށް ނާޒްލީން ވާފިރު

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހުންނެވި ނާޒްލީން ވާފިރު ކަލާފާނު ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވުމާ ގުޅިގެން މިއަދު 1 ޖެހި އިރު އެ ސްކޫލަށް ނުކުންނަވައިފިއެވެ.

ޓީޗިން ހެއްދެވުމަށްފަހު ނާޒްލީން ފުރަތަމަ މަސައްކަތް ކުރެއްވީ ޖަމާލުއްދީން ސްކޫލުގައެވެ. އެއަށްފަހު ކަލާފާނަށް ބަދަލުވެލެއްވީ ޓީޗަރެއްގެ ގޮތުގައެވެ. ޓީޗަރެއްގެ ގޮތުގައި ކަލާފާނާ ގުޅިވަޑަައިގެންނެވި ނާޒްލީން އެ ސްކޫލުގެ ލީޑިން ޓީޗަރުގެ މަގާމާއި ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމާއި ޕްރިންސިޕަލްގެ މަގާމު އަދާކުރެއްވިއެވެ. އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ނާޒްލީން ވާފިރު ހަމަޖެއްސެވި އިރު، އޭރު އޭނާ ހުންނެވީ ކަލާފާނު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ.

ޕްރިންސިޕަލް ނާޒްލީން ވާފިރު: ކަލާފާނު ސްކޫލުގެ އިސް މުވައްޒަފުންކޮޅަކާ އެކު

މިއަދު މެންދުރުފަހު ކަލާފާނު ސްކޫލަށް ނުކުންނެވުމަށްފަހު ސްކޫލުގެ ސީނިއަރ މެނޭޖުމަންޓާ ބައްދަލުކުރައްވާ، ޕްރިންސިޕަލް ވަނީ މައުލޫމާތު ހޯއްދަވައިފައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!