"ކޮމާންޑް ވޯޑްސް"- ބަޔޮލޮޖީ ކަރުދާސް 4

ކަރުދާސް 4 ގެ ޖުމަލަ މާކުހަކި 80 އެވެ. ފައިނަލްގްރޭޑް ހިސާބުކުރުމަށް އެންމެ ބޮޑު ޕަސެންޓެއް ނެގޭނީ މި ޕޭޕަރުންނެވެ. ވިމާ، ޕޭޕަރުގެ ހުރިހާ ސުވާލަކަށް ވަރަށް ފުރިހަމައަށް ޖަވާބު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ ފުރިހަމަ ޖަވާބު ލިޔެވޭނީ ސުވާލުގެ "ކޮމާންޑް ވޯޑް" އަށް ވަރަށް ބޮޑަށް ފަރުވާތެރިވުމާ އެކު ސުވާލު ކިޔައި  ދޭހަކޮށްގެން ޖަވާބު ލިޔުމުންނެވެ. ކަރުދާސް 4 ގައި ބޭނުންކޮށްފައި ހުންނަ ކޮމާންޑް ވޯޑްސް ތަކުގައި އެގްޒަމިނަރު ބޭނުން ވަނީ ވަކި ގޮތަކަށް ޖަވާބު ލިޔުމަށެވެ. ވީމާ، އެ އުސޫލްތަކަކީ ކޮބައިތޯ ކުރުގޮތަކަށް ބަލައިލާނަމެވެ.

 

  • Describe ސުވާލުކޮށްފައި ވާ ސުރުޚީ ނުވަތަ ޓާރމްސް ގެ މައިގަޑު ސިފަތައް ނުވަތަ ނުކުތާތައް ލިޔާށެވެ. ޑައިގްރާމެއް ނަމަ ފެނަނަން ހުރިގޮތަކަށް ލިޔާށެވެ. 4 މާކްސް ނަމަ ޢާއްމުގޮތެއްގައި 4 ޕޮއިންޓް ޑިސްކްރައިބް ކުރާށެވެ. ގްރާފެއް ނުވަތަ ޑޭޓާ ޓެބަލެއް ހިމެނޭ ސުވާލެއް ނަމަ، ގުޅޭ ޑޭޓާ، ޖަވާބުގައި ހިމަނަން ވާނެއެވެ.
  • Explain ސަބަބު ބަޔާންކޮށްދޭށެވެ. ޑޭޓާ ދީފައިވާ ނަމަ ޑޭޓާ ބޭނުންކޮށްގެން ވަކި ގޮތަކަށް ނަތީޖާ އައި ސަބަބު ހެއްކާ އެކު ޖަވާބުގައި ހިމަނަން ވާނެއެވެ.
  • Describe and explain އެންމެ ފުރަތަމަ މައިގަޑު ސިފަ، (ޑައިގްރާމެއް ނަމަ) ފެންނަން ހުރި ގޮތް ނުވަތަ ވަކިކަމެށް ވީ ގޮތް ލިޔާށެވެ. އެއާ ގުލުވައިގެން އެގޮތަށް އެކަމެއް މެދުވެރި ވާން ޖެހުނު ސަބަބު ބަޔާން ކޮށްދޭށެވެ. ޢާއްމުކޮށް ސުވާލު އަންނަނީ ޑިސްކްރައިބް އަށް 1 މާކުސް، އެކްސްޕްލެއިން އަށް 1 މާކްސް އެވެ. ޖުމްލަ 4 މާކުސް ނަމަ މަދުވެގެން 2 ޕޮއިންޓް ޑިސްކްރައިބް ކޮށްފަ އެކްސްޕްލެއިން ކުރަން ވާނެއެވެ.
  • Suggest ސުވަލާ ގުޅޭގޮތުން އެނގިފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ޚިޔާލުކުރާ/ ވިސްނާ/ ނިންމާ ގޮތެއް ލިޔާށެވެ.
  • Predict ސުވަލާ ގުޅޭގޮތުން އެނގިފައިވާ މަޢުލޫމާތުގެ އަލީގައި ދެން ވެދާނެ ގޮތެއް ލިޔާށެވެ.
  • Evaluate ހިސާބުކުރުމަށް ފަހު ޖަވާބުދޭށެވެ. ހަމައެއާ އެކު ސުވާލުކޮށްފައިވާ އެއްޗެއްގެ މުހިންމުކަން ކިޔައި ދިނުމަށް ވެސް އިވެލުއޭޓް، ކޮމާންޑް ވޯޑެއްގެ ގޮތުގައި ބޭނުން ކޮށްފައި ޕޭޕަރު ތަކުގައި ހުރެއެވެ.
  • Compare ސުވާލުކޮށްފައިވާ ކަމަކާ ގުޅޭގޮތުން އެއް ގޮތް، ނުވަތަ ތަފާތު ކަންތައް ސާފުކޮށް ބުނެދޭން ވާނެއެވެ. މިސާލަކަށް ޕްލާންޓް ސެލްގައި ސެލްވޯލް ހުރެއެވެ. ސެލްވޯލް ހުންނަނީ ކޮން ސެލް އެއްގައިކަން ސާފުކޮށް ބުނެދޭން ވާނެއެވެ.
  • State ޖަވާބު ވަރަށް ސާފުކޮށް ކުރުކޮށް ކިޔައިދޭށެވެ.
  • Determine ސުވާލުގައި ދީފައިވާ މަޢުލޫމާތު ބޭނުންކޮށްގެން ޖަވާބުދޭށެވެ.
  • Identify ސުވާލުކުރާ ވަކިކަމެއް ފާހަގަ ކުރާށެވެ. ޑައިގްރާމެއްގައި ނަމަ ހިމެނޭ ކޮންމެ ވެސް ނަމެއް/ކަމެއް ފާހަގަކޮށް ސުވާލާ ގުޅެގޮތަށް ލިޔާށެވެ.

މީގެ އިތުރުން ސުވާލު ކިޔާ އިރު ދަށުރޮނގު ދަމަމުން ކޮމާންޑް ވޯޑްސް ފާހަގަ ކުރަމުން ކިޔުމަކީ މުހިންމު ކަމެކެވެ. މި ގޮތަށް ޢަމަލު ކުރުމުން ސުވާލަށް ޖަވާބު ދިނުމަށް ފުރުސަތު ފަހިވާނެއެވެ. މި ޕޭޕަރު ހަދާ އިރު މުހިންމު ލަފުޒުތަކުގެ ސްޕެލިން (އިމްލާ ކުށް) އަށް ވިސްނާށެވެ.  ޚާއްޞަކޮށް އެއްގޮތަކަށް ލިޔާ ލަފުޒުތަކަށެވެ. މިސާލަކަށް glycogen, glucagon ފަދަ ލަފުޒުތަކަށް ސަމާލުވާން ވާނެއެވެ. ބުލެޓް ޕޮއިންޓް ތަކަކަށް ޖަވަބު ލިޔުނު ނަމަވެސް، މާ ކުރުކުރުކޮށް ލިޔަން ނުއުޅޭށެވެ. ބޭނުންވާ ވަރަށް ތަފްސީލުކޮށް ލިޔުމަށް އެގްޒަމިނަރުން ނަސޭހަތްތެރިވެއެވެ. މަޢުލޫމާތު ރަނގަޅުވީ ނަމަވެސް ސުވާލަށް ޖަވާބު ނުދެވޭ ނަމަ މާކުސް ނުލިބޭނެއެވެ. އެމައްސަލަ ހައްލު ކުރެވޭނީ ކޮމާންޑް ވޯޑްސްތަކަށް ބޭނުވާ އުސޫލަށް ޖަވާބު ލިޔެގެންނެވެ. ދަރިވަރުންނަށް ކާމިޔާބު އިމްތިޙާނަކަށް އެދެމެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!