މަދަރުސާ ނޫހުން ގެނެސްދޭ ފަހި ސާނަވީ ޕްރޮގްރާމް ރޭ ފޮނުވަން ފަށައިފި

މަދަރުސާ ނޫހުގެ ފަރާތުން ގެނެސްދޭ ފަހި ސާނަވީ ޕްރޮގްރާމް ރޭ ފޮވުވަން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މިއަހަރު ސާނަވީ އިމްތިޙާނު ހަދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މަދަރުސާ އޮންލައިންގެ ފޭސްބުކު ޕޭޖުން ވަގުތުން ދުރަށްދެއްކި މި ޕްރޮގްރާމުގައި ރޭ ކުރިއަށް ގެންދިޔައީ އިސްލާމް މާއްދާއެވެ. ރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އިމްތިޙާނަކަށް ތައްޔާރުވާ އިރު ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާއި، އިމްތިާޙާނުގައި ދަރިވަރުންނަށް ހެދޭ ގޯސްތަކާއި، އެ ކަންކަން ރަނގަޅު ކުރުމަށް ކަންތައް ކުރާންވީ ގޮތްތައް ކިޔައި ދެއްވިއެވެ. އަދި ދަރިވަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވައި އެކަންކަން އޮޅުން ފިލުއްވައި ދެއްވިއެވެ.

މަދަރުސާ އޮންލައިނުން ގެނެސްދޭ ފަހި ސާނަވީ ޕްރޮގްރާމުގައި ދެން އޮންނާނީ ދިވެހި މާއްދާއެވެ. މި މާއްދާ ފޮނުވާނީ މި މަހުގެ 12ވަނަ ދުވަހުގެ ރޭ 8:30ގައެވެ.

ސާނަވީ އިމްތިޙާނު ހަދާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސާނަވީ ޕްރޮގްރާމުގެ އެންމެ ފަހު އެޕިސޯޑު ފޮނުވާނީ އަންނަ މޭ މަހުގެ 16ވަނަ ދުވަހުގެ ރެއެވެ. އެރޭ އޮންނާނީ އިކޮނޮމިކްސް މި މާއްދާއެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!