ޖަލާލުއްދީން ސްކޫލުން އެ ސްކޫލުގެ 4 ހައުސްގެ މެދުގައި ބޭއްވި ސީނިއަރ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ އެމަރަލްޑް ހައުސް ހޯދައިފިއެވެ.
ކުޅުދުއްފުށީ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ ފައިނަލް މެޗްގައި އެމަރަލްޑް ހައުސްއާ ވާދަކުރީ ސަފާޔާ ހައުސްއެވެ. ސަފާޔާގެ ހައުސްގެ މައްޗަށް އެމަރަލްޑް ހައުސް ކުރި ހޯދީ 10-1ގެ ބޮޑު ތަފާތަކުންނެވެ. އެމަރަލްޑް ހައުސް ވަނީ އިއްޔެ ހެނދުނު ކުޅުނު، ނެޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޫބީ ހައުސްގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންކަން ހޯދައިފައެވެ.
އޭޕްރީލް 24 އިން 3 މެއި އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ވާދަ ކުރީ ޖަލާލުއްދީނު ސްކޫލުގެ ހަތަރު ހައުސްކަމަށްވާ، އެމަރަލްޑް ހައުސް، ސަފާޔަރ ހައުސް، ރޫބީ ހައުސް، ޓޮޕާޒް ހައުސް އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނައިން ޕޮއިންޓު ލިބޭ 2 ޓީމު ފައިނަލުގައި ކުޅޭ ގޮތަށް ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލްމެޗު ޝަރަފުވެރިކޮށްދެއްވީ ދިވެހި ރެޑްކުރެސެންޓް ހދ. ބްރާންޗްގެ މެނޭޖަރ އިބްރާހިމް މުޙައްމަދެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމަރަލްޑް ޓީމުގެ އިބްރާހީމް ލޫތު އަޙްމަދެވެ. ޖުމުލަ 9 ގޯލު ޖަހައިގެން އެންމެ ގިނަ ގޯލު ޖެހި، އަދި އެންމެ މޮޅު ފޯވާޑުގެ މަގާމު ހޯދީ އެމަރަލްޑް ޓީމުގެ މުޙައްމަދު ޒަމާޢު އަމްޖަދެވެ. އެންމެ މޮޅު ޑިފެންޑަރުކަން ލިބުނީ އެމަރަލްޑް ޓީމުގެ މުޙައްމަދު ޒިޔާން ޙަސަނަށެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ސަފާޔަރ ޓީމުގެ މާއިދު މުޙައްމަދެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އެމަރަލްޑް ޓީމުގެ މުޙައްމަދު އަބާން ޢަބްދުﷲ ރަޝީދެވެ. އެއްމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސަފާޔާ ޓީމުގެ މުޙައްމަދު ޖޫދު ހައްމާމެވެ.
advertisment
advertisment
advertisment