ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އައި.އެސް.އޯގެ 2 ސެޓްފިކެޓެއް ހާސިލުކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޮރ ސްޓޭންޑަރޑައިޒޭޝަން (އައި.އެސް.އޯ) ގެ މުހިންމު ދެ ސެޓިފިކެޓެއް ހާސިލުކޮށްފިއެވެ.

އިސްމާލިކް ޔުނިވަރސިޓީން ހާސިލުކޮށްފައިވާ ދެ ސެޓްފިކޭޝަންއަކީ އައި.އެސް.އޯ 9001:2015 އަދި އައި.އެސް.އޯ 21001:2018 ޙާޞިލުކޮށްފިއެވެ. މިކަން ރަސްމީކޮށް އިއުލާނުކުރުމަށް މިއަދު (15 މޭ 2025) ގައި ވަނީ އައި.ޔޫ.އެމް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ވިދާޅުވިގޮތުގައި އައި.ޔޫ.އެމްއަށް  އައި.އެސް.އޯ 9001:2015 އަދި އައި.އެސް.އޯ 21001:2018 ހާސިލު ވެގެންދިޔުމަކީ ޔުނިވަރސިޓީން ފޯރުކޮށްދޭ މަތީ ތަޢުލީމާއި ޔުނިވަރސިޓީން ފޯރުކޮށްދޭ ޚިދުމަތްތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ހުރިކަމުގެ ހެއްކެއް ކަމުގައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޔުނިވަރސިޓީން ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ކޮލިޓީ ހިފެހެއްޓުމާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ޚިދުމަތް ދެމެހެއްޓުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށް މި ބައްދަލުވުމުގައި ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.

މިއަދު މި ހާސިލުކުރެވުނު ކޮލިޓީ މެނޭޖްމަންޓްގެ ދެ ސެޓްފިކެޓާއެކު އައި.ޔޫ.އެމް ވެގެންދިޔައީ ރާއްޖޭގެ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކުން އައި.އެސް.އޯ 21001 ހާސިލުކުރި ފުރަތަމަ މަރުކަޒަށެވެ. އައި.އެސް.އޯ 21001 އަކީ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ހާއްސަ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެކެވެ.

ޔުނިވަރސިޓީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޚިދުމަތްތަކުގައި ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރެންސް ހިފަހައްޓާ ގޮތާ ގުޅޭގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު، ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ވަޙީދާ، ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.ވިސާލު މޫސާ އަދި އެ ޔުނިވަރސިޓީގެ ކޮލިޓީ ކޮންޓްރޯލަރ އަލްއުސްތާޛާ ޢާއިޝަތު ޝިފާ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އައި.އެސް.އޯ ގެ މި ދެ ސެޓްފިކޭޝަން ދެމެހެއްޓުމަށްޓަކާ އެ ޔުނިވަރސިޓީން މުހިންމު ގިނަ ކަންކަން ހާސިލުކުރުމަށް އަމާޒު ހިފާފައިވާކަމަށާއި ޑިޖިޓަލައިޒޭޝަންއާއި މިހާރު ހުރި ސަރވިސް ސްޓޭންޑަރޑްތައް އަދިވެސް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމުގައި އައި.ޔޫ.އެމް އިން މައުލޫމާތުދެއެވެ. އައި.ޔޫ.އެމް އަކީ ގިނަ ދާއިރާތަކަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީ.އެޗް.ޑީއާ ހަމައަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީއެކެވެ. ޤައުމީ ފެންވަރުގެ ދިރާސާތަކާއި ޢިލްމީ މަސައްކަތްތަކުގައި އެ ޔުނިވަރސިޓީގެ ނަން ފާއިތުވި އަހަރެއްހާ ދުވަހު ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިގެންގޮސްފައެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!