ސީ.އެޗް.އެސް.ސީ މާލެ، މެގަބައިޓްސް މިއަދު 4 ޖަހާ އިރު ފެށޭނެ

ސީ.އެޗް.އެސް.ސީ މާލެ، މެގަބައިޓްސް މިއަދު ހަވީރު 4 ޖަހާ އިރު ފެށޭނެއެވެ.

އެ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި މި ހަރަކާތަކީ ދަރިވަރުންނަށް ބޭނުންވާ ކަންކަން ކުރުމަށް ދަރިވަރުން ފަންޑްރައިޒު ކުރާ ހަރަކާތެކެވެ.

މިހަރަކާތް ކުރިއަށް ދާނީ މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8އިން 9:30 އަށް، ހޮނިހިރު ދުވަހު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 9:30 މި ގަޑިތަކުގައި ކަމަށް ސީއެޗްއެސްސީ މާލެ، މަޢުލޫމާތު ދެއްވައެވެ.

މިއަދު ފެށޭ މި ހަރަކާތުގައި ސްޓޯލުތައް ތަމްސީލުކުރާނީ އެ ސްކޫލުގެ ހައުސްތަކުންނެވެ. މި ސްޓޯލްތަކުން ތަފާތު ކުޅިވަރުތައް ކުރިއަށް ގެންދާނެއެވެ. އަދި އެކްސްކޯއިން ބިރުވެރި ހޮހޮޅަ އަދި ލައިވް އިވެންޓުތައް ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްގެންދެވޭނެ ކަމަށް ސީއެޗްއެސްސީ މާލެ، މަޢުލޫމާތު ދެއްވައެވެ.

އެ ސްކޫލުން މަޢުލޫމާތު ދެއްވި ގޮތުގައި މެގަބައިޓްސްއަށް ވަނުމަށާއި ކުރިއަށްދާ ހަރަކާތްތަކުގައި ބައިވެރިވެވޭނީ ޓިކެޓުގަނެގެންނެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!