ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނު 2023-2024ގައި ނިންމައި އެންމެ ރަނގަޅު ނަތީޖާ ހޯދި މަތީ އަރުތަވެރީންނަށް އިނާމު ދިނުމަށް ބޭއްވި ފުރަތަމަ ދަންފަޅީގެ ޖަލްސާގައި 440 ދަރިވަރަކަށް އިނާމު ދެއްވައިފިއެވެ.
މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންމަނިކެވެ.
މިއަދު ހެނދުނު އޮތް ފުރަތަމަ ދަންފަޅީގެ ޖަލްސާގައި އިނާމު ދެއްވައިފައި ވަނީ މަތީ އަރުތަވެރީންގެ ތެރެއިން ގަދަ 9 އަދި 8ގައި ހިމެނުނު ދަރިވަރުންނަށެވެ. މިގޮތުން ގަދަ 9ގައި 221 ދަރިވަރުން އަދި ގަދަ 8ގައި 219 ދަރވަރުން، ޖުމުލަ 440 ދަރިވަރުނަށް އިނާމު ދެއްވައިފައިވެއެވެ.
މަތީ އަރުތަވެރީންނަށް އިނާމު ދެއްވުމަށް ބާއްވާ ޖަލްސާތައް ކުރިއަށް ދާނީ މިއަދާއި މާދަމައެވެ. އެއީ 5 ދަންފަޅިއަކަށް ބަހައިލައިގެންނެވެ.
advertisment
advertisment
advertisment