އއ އަދި އދ. އަތޮޅުގެ ސްކޫލުތަކުގެ ލީޑިންގ ޓީޗަރުންނަށް ހިންގޭ ޓީޗް ޓޫލް ރީޖަނަލް ޓްރޭނިންގ ވޯކްޝޮޕް މިއަދު މާލޭގައި ފަށައިފިއެވެ.
މި ވޯކްޝޮޕް ފެށުމުގެ ގޮތުން އިމާދުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޭޝަނަލް އިންސިޓިޓިއުޓުގެ ލީޑް ކަރިކިއުލަމް ޑިވެލޮޕްމަންޓް އޮފިސަރ ޢަބްދުﷲ އިކްރާމެވެ.
މި ވޯރކްޝޮޕުގެ ބައިވެރީންނާ މުޚާޠަބު ކުރައްވައި އިކްރާމް ވިދާޅުވީ ޓީޗް ސެކަންޑަރީ ޓޫލުގެ ނަމުގައި ވޯލްޑް ބޭންކުން އެކުލަވައިލައިފައިވާ މި އޮނިގަނޑަކީ ހަމައެކަނި އާދައިގެ އިވެލުއޭޝަން ޗެކްލިސްޓެއް ނޫންކަމަށާއި މިއީ ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް ގެނެވޭ އަސާސީ ހެޔޮ ބަދަލެއް ކަމަށެވެ.

ޓީޗް ޓޫލް އަމާޒުވެފައިވާ ގޮތް ބައިވެރީންނާ ހިއްސާ ކުރައްވަމުން އިކްރާމް ވިދާޅުވީ، މި ވަސީލަތް މައިގަނޑު ތިން ދާއިރާއަކަށް ބަހައިލެވިފައިވާ ކަމަށެވެ. އެއީ:
- ކްލާސް ރޫމް މާހައުލު (ކްލާސް ރޫމް ކަލްޗަރ)
- އިރުޝާދު (އިންސްޓްރަކްޝަން)
- އިޖުތިމާއީ ޖަޒުބާތީ ހުނަރުތައް (ސޯޝިއޯ އެމޯޝަނަލް ސްކިލްސް)
އިކްރާމް ވިދާޅުވީ މީގެ މައިގަނޑު ބޭނުމަކީ ކްލާސްރޫމުގައި ކޮލަބްރޭޓިވް ސަގާފަތެއް ގާއިމް ކުރުން ކަމަށެވެ.
މީގެ ބޭނުމަކީ އޮންގޮއިން ފީޑްބެކް އަދި ހެކީގެ މައްޗަށް ބިނާކޯށް ކްލާސްރުމުތަކުގައި ގެނެވޭނެ ކުރިއެރުން ނުވަތަ އެވިޑެންސް ބޭސްޑް ކުލާސްރޫމް ކުރިއެރުވުން: އިކްރާމް
މި ޓޫލުގެ ސަބަބުން މުދައްރިސުން އެކަކު އަނެކަކުގެ ކިބައިން ދަސްކޮށް، އެހީތެރިވެ، އަމއިްލަ ގޮތްތަކާއި އޭގެ ކުރިއެރުން ދިރާސާކޮށް، ހުނަރުތައް ތަރައްގީ ކުރެވޭނެ ކަމަށް އިކްރާމް ވިދާޅުވިއެވެ.
މިއަދު މިފެށި ވޯކްޝޮޕް ކުރިއަށްދާނީ 4 ދުވަހު މުއްދަތަށެވެ. މި ވޯކްޝޮޕަކީ އަތޮޅުތެރޭގެ 100 ސްކޫލުގެ ލީޑިންގ ޓީޗަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެއް ނަމަވެސް މިފަހަރުގެ ވޯކްޝޮޕް އަމާޒު ކުރެވިފައި ވަނީ އއ. އަދި އދ. މި ދެއަތޮޅުގެ ސްކޫލުތަކަށް ކަމަށް އެން.އައި.އީން މަޢުލޫމާތު ދެއްވައެވެ.

އެން.އައި.އީން މަޢުލޫމާތުދެއްވި ގޮތުގައި މި ވޯކްޝޮޕްގެ ސަބަބުން ކްލާސްރޫމުގެ އަމަލީ މަސައްކަތްތައް ރަނަގަޅަށް ވަޒަންކުރުމަށާއި، އިސްލާހީ ފީޑްބެކް ދިނުމާއި، ސްކޫލުގައި މެންޓަރިންގ މަސައްކަތްތައް އިސްވެ ކުރިއަށް ގެންދިއުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
ޓީޗް ޓޫލުގެ ރީޖަނަލް ޕްރޮގްރާމުގެ ދަށުން، މިހާތަނަށް އައްޑޫސިޓީއާއި ރ, އަދި ބ. އަތޮޅުގެ 21 ސްކޫލެއް ހިމެނޭހެން، މި ޕްރޮގްރާމް ވަނީ ކުރިއަށް ގެންދަވައިފައިއެވެ.
advertisment
advertisment
advertisment