މިރޭ މި ހޯލުން އިޙްސާސް ކުރެވެނީ ބާއްޖަވެރި ކުރިމަގަކަށް އޮތް އުންމީދުގެ ހުޅުކޮޅު: ޑރ. ހައިދަރު

ޖަމާލުއްދީނު ސްކޫލުގެ އިނާމުދިނުމުގެ ހޯލަށް ބައްލަވައްލެއްވުމުން އިޙްސާސް ކުރެއްވުނީ ބާއްޖަވެރި ކުރިމަގަކަށް އޮތް އުންމީދުގެ ހުޅުކޮޅު ކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިމިދިޔަ ދިރާސީ އަހަރު 2023-2024ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތާޖުއްދީން ސްކޫލުގައި މިރޭ އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ، މިރާއްޖެއާއި ދުނިޔެއަށް ތިޔަ ދަރިވަރުންގެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ. ދުނިޔެ ދަރިވަރުންނަށް ބޭނުންވެފައި ވަނީ ހަމައެކަނި ދަރިވަރުންގެ ހުނަރާއި އުފެއްދުންތެރިކަމަށް ނޫން ކަމަށާއި، ދަރިވަރުންގެ މަތިވެރި އަޚުލާޤާއި، ދިރިއުޅުމުގެ މަތިވެރިއަގުތަކާއި، ތަނަވަސް ޚިޔާލުތަކާއި، އުންމީދީ ހުވަފެންތަކާއި، ނުގުޑާ ފަދަ ޢަޒުމުން ހެޔޮ ބަދަލު އަންނާނެ ދުވަހަކަށް އުންމީދުކުރާ ކަމަށެވެ.

ނިމިދިޔަ އަހަރު ޖަމާލުއްދީނު ސްކޫލުގެ އެންމެ މޮޅު ދަރިވަރު ޒާއިން

މިކަމަށް ޓަކައި ބާރުގަދަ ތިން ހަތިޔާރެއްގެ ބޭނުން ދަރިވަރުންނަށް ކުރެވިދާނެ ކަމަށް ޑރ. ހައިދަރު ވިދާޅުވެދެއްވިއެވެ. މީގެ ތެރެއިން ފުރަތަމަ ހަތިޔާރަކީ ޢުމުރު ދުވަހު ތަޢުލީމު އުނގެނުމުގައި ދެމިތިބުމެވެ. ދެވަނަ ހަތިޔާރަކީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އުންމިދު ނަގައިނުލައި، މަގު އޮޅުނަނުދީ، ކުރިއަށްދިއުމެވެ. ތިންވަނަ ހަތިޔާރަކީ ސާބިތުކަމާ އެކު މަޤްޞަދު ހާސިލުކުރާން ހިތްވަރު ކުރުމެވެ. މި ތިން ހަތިޔާރުގެ ތަފްސީލުތަކަށް ވެސް، މި ޖަލްސާގައި ވަރަށް ތަފްސީލީ ގޮތެއްގައި ޑރ. ހައިދަރު ވަނީ ބައްލަވައިލައްވައިފައެވެ.

 

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!