ޢިލްމު އުނގެނުމުގެ ބޭނުމަކީ، އިސްލާމީ އުސްލޫބާއި، މަންމަމެންނާއި މުދައްރިސުންނާއި، ނިސްބަތްވި ރަށާއި ޤައުމާއި ޢާއިލާގެ، ޝަރަފާއި ނަން ނަގަހައްޓާ ދަމަހައްޓުން ކަމަށް އދ. ދިގުރަށު ސްކޫލުގެ ޕްރިންސިޕަލް ސިމަން ހަސަން ދީދީ ވިދާޅުވެއްޖެއެވެ.
ޕްރިންސިޕަލް ސިމަން މިހެން ވިދާޅުވީ ދިގުރަށު ސްކޫލުގެ 2022-2023 އަދި 2023-2024ގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނާ މުޚާޠިބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ޕްރިންސިޕަލްގެ ވާހަކަފުޅު ފެއްޓެވީ އިނާމު ދިނުމުގެ ޖަލްސާގެ ތީމު ކަމަށްވާ ލޮޓަސްމަލުގެ މިސާލު ނަންގަވަމުންނެވެ. ޕްރިންސިޕަލް ވިދާޅުވީ ލޮޓަސް ގަސް ފަޅަނީ ޗަކަ ފެންގަޑުގެ ތެރެއިން އެތައް ގޮންޖެހުން ތަކަކާއި ކުރިމަތިލުމަށްފަހު ކަމަށެވެ. ބައެއް ފަހަރު 2 ހަފުތާ، ނުވަތަ 2 މަސް ވެސް ވެދާނެކަމަށާއި އެތައް ގޮންޖެހުމަކަށްފަހު ވެސް މި ފަޅާ ނީލޯފަރު ނުވަތަ ލޮޓަސް މަލުގެ ފިޔާތޮށި އަދި ހުދު ކުލައިން މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ކަމަށާއި މި މާ ދުނިޔޭގެ އެންމެ މަގްބޫލު 10 މާތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ވަށައިގެން ވާ މާހައުލަކީ ކިތަންމެ ކިލަނބު ތަނެއް ކަމުގައި ވިޔަސް އަދި ކިތަންމެ ގޮންޖެހުން ތަކަކާއި ދިމާވި ކަމުގައި ވިޔަސް ތިޔަ ދަރިވަރުންނަކީ ނީލޯފަރު މާ ފަދައިން، ހިތްވަރާއި އެކު ކާމިޔާބަށް ވާސިލުވުމަށް ޢަޒުމާ އެކު މަސައްކަތްކުރާ ކުދިބަޔަކަށް ވުމަށް ޕްރިންސިޕަލް ނަސޭހަތްތެރިވެލެއްވިއެވެ.
ޕްރިންސިޕަލް ސިމަންގެ ވާހަކަފުޅު ނިންމަވައިލައްވަމުން ދަރިވަރުންގެ ކިބައިން ޕްރިންސިޕަލް އެދިވަޑައިގަތީ، އިސްލާމީ އުސްލޫބާއި، ނިސްބަތްވި ރަށާއި ޤައުމާއި ޢާއިލާގެ، ޝަރަފާއި ނަން ނަގަހައްޓާ ދަމަހައްޓާ ކުއްޖަކަށް ކޮންމެ ކުއްޖަކު ވެސް ވުމަށާއި އެއީ ކޮންމެ ކުއްޖެއްގެ ވެސް ދިރިއުޅުމުގެ ފަލްސަފާއަށް ހެދުމަށެވެ.
ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ "ލެވެލެ ބެސްޓް' ދިރިއުޅުމުގައި ދައްކާ ކުއްޖަކަށް ވާށޭ! ކުރާ ކޮންމެ ކަމަކީ ވެސް ހިތާ ގާތުން، ލޯތްބާ އެކު، ގަޔާވެގެން ކުރާ ކަމަކަށް ހަދާށޭ. ކިތައްމެ އަވަދިނެތި އުޅުނު ކަމުގައިވިޔަސް، ކިތައްމެ ދުރު ބީރައްޓެހި ޤައުމެއްގައި ވީނަމަވެސް، އަދި ކިތައްމެ ނުތަނަވަސް ޙާލަތެއްގައި ވީނަމަވެސް، އެކުއްޖެއްގެ އަޞްލު ހަނދާން ނައްތާ ނުލާށޭ. އިސްލާމީ އުސްލޫބާއި، މަންމަމެންނާއި މުދައްރިސުންނާއި، ނިސްބަތްވި ރަށާއި ޤައުމާއި ޢާއިލާގެ، ޝަރަފާއި ނަން ނަގަހައްޓާ ދަމަހައްޓާށޭ: ޕްރިންސިޕަލް ސިމަން
ޕްރިންސިޕަލްގެ ވާހަކަފުޅު ނިންމަވާ ލެއްވީ ދަރިވަރުންގެ ޙައްޤުގައި ގިނަގުނަ މަސައްކަތްތަކެއް ހީވާގިކަމާ އެކު ކޮށްދެއްވާތީ، މުދައްރިސުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވައިފައެވެ. އަދި ބެލެނިވެރީންގެ އަގު ނުކުރެވޭ ފަދަ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް ހިފެހެއްޓުމެއް ނެތް ޝުކުރު ޕްރިންސިޕަލް އަދާ ކުރެއްވިއެވެ.

advertisment
advertisment
advertisment