ނާސާގެ ޕްރޮގްރާމްތަކެއް ފަށަން ޣިޔާސުއްދީން ތައްޔާރުވަނީ

އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ޕްރޮގްރާމްތަކެއް ފަށަން ޣިޔާސުއްދީން އިންޓަނޭޝަނަލް ތައްޔާރުވަމުން އެބަދެއެވެ.

ނާސާގެ ޕްރޮގްރާމްތަކެއް ފަށަން ޣިޔާސުއްދީން އިންވަނީ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސްއާ އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ޕްރޮގްރާމެއް ހިންގާ ފުރަތަމަފަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހަރަކާތުގެ ދަށުން ފުރަތަމަ ފަށަން ހަމަޖައްސާފައިވަނީ ހަނދަށް ދިއުމާ ބެހޭގޮތުން ނާސާއިން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި އެއީ ގްރޭޑު ފަހަކުން މަތީގެ ދަރިވަރުންނަށެވެ.

ނެކްސްޓް ޖެނަރޭޝަން ސައިންސް ސްޓޭންޑަޑްސް އަށް ފެތޭގޮތަށް ނާސާއިން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ.

މިޕްރޮގްރާމްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޣިޔާސުއްދީންގެ ޕްރިންސިޕަލް ތޯހާ ސަލީމާއި އެ އިންސްޓިޓިއުޓުގެ ސީއީއޯ ރިފްއަތު މުހައްމަދެވެ.

ހިއްސާ ކުރައްވާ

ހިޔާލު ފާޅުކުރައްވާ!