ގައުމީ ތަރައްގީއަށް އޮތް ހުރަހަކީ ހުނަރުވެރިން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އައިޝަތު މިހެން ވިދާޅުވެފައިވަނީ، ސްޓެލްކޯއިން އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިލެކްޓްރިޝަން ލެވެލް ތިނެއްގެ ކޯސް ފަށަން ބޭއްވި ރަސްމިއްޔާތުގައެވެ. އެކަމަނާ ވިދާޅުވީ، ހުނަރުވެރިން ރާއްޖޭގައި މަދުއިރު 21 އަންހެނުން އިލެކްޓްރީޝަނުންގެ ގޮތުގައި ތަމްރީނު ކުރުމަކީ ތަރައްގީއަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ކޮންމެ ގައުމެއް ވެސް ކުރިއަރާނީ އަންހެނުންނާއި ފިރިހެނުން އެކީގައި މަސައްކަތް ކުރުމުން ކަމަށާއި، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއި މެތަމެޓިކްސް، ކުރުކޮށް ކިޔާ ނަމަ، ސްޓެމް ދާއިރާގައި އަންހެނުންގެ ހިއްސާ ވަރަށް ކުޑަ ކަމަށްވެސް މިނިސްޓަރ ވަނީ މި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ. މިނިސްޓަރ އައިޝަތު ވިދާޅުވީ، މި ދާއިރާތަކުން އަންހެނުން އިތުރުކުރެވޭނީ، އަންހެނުންނަށް ހުރި ހުރަސްތައް ނައްތާލައިގެން ކަމަށެވެ.
ސްކޫލު ނިޒާމުގައި ހަރަކާތްތެރިވާ ގިނަ ޓީޗަރުންނަކީ ވެސް އަންހެނުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލުތަކުން މަތީ ވަނަތައް ހޯދާ ކުދިންގެ މެދުގައި ޖިންސުގެ ތަފާތެއް މިހާރަކު ނެތެވެ. އެކަމަކު އަދިވެސް ސްޓެމް މާއްދާތައް ކިޔަވައިދޭ ޓީޗަރުންގެ ގޮތުގައި އަންހެނުން މަދު ކަމަށް ވިދާޅުވި އެވެ.
މި ދާއިރާތަކަށް އަންހެނުން އިތުރު ކުރުމަށް އޮތް އަނެއް ހުރަހަކީ، މިފަދަ ދާއިރާތަކުގައި އަންހެނުންނާ ރައްޓެހި މަސައްކަތު މާހައުލެއް ނެތުމުން ކަމަށްވެސް މިނިސްޓަރ އައިޝަތު ވަނީ ފާހަގަ ކުރައްވާފައެވެ.
advertisment
advertisment
advertisment