“ފަރުޟު ފަސް ނަމާދު މިސްކިތްތަކުގަައި ނުކުރެވުމަކީ ތަރާވިސް ނަމާދު ނުކުރެވުމަށް ވުރެ ބޮޑު ދެރަކަމެއް. އަޅުގަނޑުމެންގެ ދުޢާއަކީ މިސްކިތުގައި ވިއަސް އަދި ގޭގައި ކުރެވުނު ކަމުގައި ވިއަސް ، އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތުގައި މި ވަގުތަށް އެންމެ ރަނގަޅީ ގޭގައި ކުރުން ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން ކުރާ ތަރާވީސް ނަމާދު ޤަބޫލު ކުރެއްވުން. އަޅުގަނޑުމެންގެ ދުޢާ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ މުސްލިމުންގެ ދުޢާ ޤަބޫލު ކުރައްވާ މުޅި އިންސާނީ ނަސްލު ދުނިޔެއަށް ދިމާވެފައިވާ ބަލި މަޑު ކަމުން ސަލަމާތް ކުރެއްވުން”